Ads by Stelco

ޚަބަރު

ރައީސްގެ އަރިއުތުރު ދަތުރުފުޅު، މިއަދުގެ ފުރަތަމަ މަންޒިލަކަށް ބޮޑުފޮަޅުދޫ

ރައީސްގެ އަރިއުތުރު ދަތުރުފުޅު، މިއަދުގެ ފުރަތަމަ މަންޒިލަކަށް ބޮޑުފޮަޅުދޫ

ރައީސް މުޢިއްޒު ބޮޑުފޮޅުދޫ އަށް ވަޑައިގަތުން. ފޮޓޯ: ފަރުދުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޯގަސްޓު 2025، 10:17

20 އޯގަސްޓު 2025، 10:17

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މިއަދު އއ. ބޮޑުފޮޅުދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބޮޑުފޮޅުދޫއަށް ވަޑައިގަތުމުން، އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދުގައި ޖަމާވެ ތިއްބެވެ. މި ދަތުރުފުޅުގައި ރައީސް، ބޮޑުފޮޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އެންމެ އިސް އެދުންތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް، ބޮޑުފޮޅުދޫ ހޭންޑްބޯލް ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވައިދެއްވާފައިވާއިރު، ރަށުގެ ރައްޔިތުންނާ ވެސް ވަނީ ބައްދަލުކުރައްވާއެވެ. އަރިއަތޮޅު އުތުރުބުރީގެ މި ދަތުރުފުޅުގައި ރައީސް، އެ އަތޮޅުގެ މީހުން ދިރިއުޅޭ އަށް ރަށަށް ޒިޔާރަތްކުރައްވާނެއެވެ. މިގޮތުން ބޮޑުފޮޅުދޫއަށްފަހު ތޮއްޑޫ، ރަސްދޫ އަދި އުކުޅަހަށް ވަޑައިގަންނަވާނެއެވެ.

އަރިއަތޮޅު އުތުރުބުރިއަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން