Ads by Stelco

ޚަބަރު

އޯއީސީއެމްގެ ކެނޑިޑޭޓަކަށް ކްރޮސްރޯޑް މޯލްޑިވްސް ހޮވިއްޖެ

އޯއީސީއެމްގެ ކެނޑިޑޭޓަކަށް ކްރޮސްރޯޑް މޯލްޑިވްސް ހޮވިއްޖެ

ކްރޮސް ރޯޑްގެ ކަނޑުއަޑީގެ ސަރަހައްދު. ފޮޓޯ: ކްރޮސްރޯޑް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޯގަސްޓު 2025، 03:14

16 އޯގަސްޓު 2025، 03:14

ތައިލޭންޑްގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖުން، އަދަރ އިފެކްޓިވް އޭރިއާ ބޭސްޑް ކޮންޒަވޭޝަން މެޝާޒް (އޯއީސީއެމް) ގެ ކެނޑިޑޭޓެއްގެ ގޮތުގައި ކްރޮސްރޯޑް މޯލްޑިވްސް ކަނޑައަޅައިފިއެވެ.

މިއީ ތައިލެންޑްގެ ކުންފުންޏަކުން ހިންގާ މަޝްރޫއަކަށް މިފަދަ ޝަރަފްވެރި މޭލުދަނޑިއެއް ހާސިލްކުރެވުނު ފުރަތަމަ ފަހަރެވެ.

އޯއީސީއެމްއަކީ އދގެ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީގެ ދަށުން ޤައުމީ ފެންވަރުގައި ފާހަގަކޮށްފައިވާ ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގެ އިތުރުން ގުދުރަތީ ވެށި ރައްކާކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ވެށި ބެލެހެއްޓުމަށް މަސައްކަތްކުރާ ތަންތަނެވެ. މި ތަންތަން ބަލަހައްޓަމުން ގެންދަނީ ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތަކާއި އާންމުންގެ ޖަމާއަތްތައް ފަދަ ތަފާތު އެކި ހިއްސާދާރުންނެވެ.

ތައިލޭންޑްގެ ގްރޫޕް އޮފް ސިންހާ އެސްޓޭޓްގެ ދަށުން ހިންގަމުންދާ ކްރޮސްރޯޑްސް މޯލްޑިވްސްއަކީ މީގެކުރިން ބަޔޯޑައިވާސިޓީ އޭރިއާއެއްގެ ގޮތުގައިވެސް ކަނޑައަޅާފައިވާ ތަނެކެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ގަވައިދުތަކުގެ ދަށުން އޯއީސީއެމް ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅޭ ތަންތަނަކީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެންޑް ޕްރެޒަވޭޝަން އެކްޓްގެ ދަށުން ހިމާޔަތްކުރެވިފައިވާ ސަރަހައްދަކަށް ވެގެންނުވާނެއެވެ.

"އޯއީސީއެމް ކެނޑިޑޭޓެއްގެ ގޮތުގައި ކްރޮސްރޯޑް މޯލްޑިވްސް ކަނޑައެޅިގެން ދިއުމަކީ މި މަޝްރޫއިން އާންމު މުޖުތަމައުއާއި ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން މެރިން އިކޯސިސްޓަމް ރައްކާކުރަން ދެމުން އައި އިސްކަމާއި ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް،" ކްރޯސްރޯޑް މޯލްޑިވްސްއިން ބުނެފައިވެއެވެ.

އޯއީސީއެމް ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅޭ ސަރަޙައްދަކީ މުއްސަނދި ގުދުރަތީ ވެއްޓެއް ހިމެނޭ، އަދި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބަލަހައްޓަމުންދާ ސަރަހައްދަކަށް ވާންޖެހެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން