Ads by Stelco

ޚަބަރު / ވިޔަފާރި

ވައިގެ މަގުން ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު 230 އިންސައްތަ އިތުރުވެއްޖެ

ވައިގެ މަގުން ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު 230 އިންސައްތަ އިތުރުވެއްޖެ

އެއަރޕޯޓުގައި ބޯޓުތަކެއް ޖައްސައިފައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޯގަސްޓު 2025، 02:57

16 އޯގަސްޓު 2025، 02:57

މި އަހަރުގެ މިހާތަނަށް ވައިގެ މަގުން ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު 230.6 އިންސައްތަ އިތުރުވެއްޖެއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރު 5 އެއަރލައިނަކުން 1،686 ޓަނުގެ ކާގޯ ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި 3 އެއަރލައިނަކުން އެތެރެކޮށްފައިވަނީ 510 ޓަނުގެ މުދަލެވެ. މި އަހަރު މުދާ އެތެރެކުރާ މިންވަރު މިހާ ބޮޑުތަން އިތުރުވެފައިވަނީ ކާގޯ އުފުލާ ވައިޑް ބޮޑީ މަތިންދާ ބޯޓުތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާ ގުޅިގެންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ގަތަރު އެއަރވޭސްގެ B777F ކާގޯ ބޯޓުންނެވެ. މި ބޯޓުން ފެބްރުއަރީ 5 ގައި 7 ޓަނާއި، އޮގަސްޓް 13 ގައި 55 ޓަނުގެ ކާގޯ ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރު އެންމެ ގިނަ ދަތުރު ކޮށްފައިވަނީ އެފްކޮމް ކާގޯއިންނެވެ. އެގޮތުން އެފްކޮމް ކާގޯއިން 106 ފްލައިޓުން 1،459 ޓަނުގެ މުދާ ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޚިދުމަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރެއް ކަމަށްވާއިރު، މި ތަޞައްވުރު ހާސިލްކުރުމަށް އެމްއޭސީއެލްއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުދާ އުފުލާ އެއަރލައިންތަކާއެކު މަސައްކަތްކޮށް، ދަތުރުތަކުގެ އަދަދު އިތުރުކުރުމާއި އިތުރު ރޫޓުތައް ތަޢާރަފުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިންފްރާސްޓްރަކްޗަރާއި މުދާ ގެންގުޅުމުގެ ވަސީލަތްތައް ރަނގަޅުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން