Ads by Stelco

ޚަބަރު

އުއްތަމަ ފަނޑިޔާރު އަންނަ ހަފްތާގައި ރިޓަޔަރ ކުރައްވަނީ

އުއްތަމަ ފަނޑިޔާރު އަންނަ ހަފްތާގައި ރިޓަޔަރ ކުރައްވަނީ

އުއްތަމަ ފަނޑިޔާރު މުޢުތަސިމް ޢަދުނާން. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޖުލައި 2025، 05:39

17 ޖުލައި 2025، 05:39

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން އެ މަޤާމުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރެއްވުމުގެ ފުރުސަތު ދެއްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމަވައިފިއެވެ.

މިދިޔަ މެއި މަހު އުއްތަމަ ފަނޑިޔާރު ރިޓަޔަރވުމަށް ހުށަހެޅުއްވުމާ ގުޅިގެން، އެ މަނިކުފާނަށް އެ ފުރުސަތު ދެއްވުމަށް ނިންމަވާފައިވާކަން ޖޭއެސްސީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އަންނަ ހަފްތާގައި އާންމުކުރައްވާނެ ކަމަށް ޖޭއެސްސީން ވަނީ ހާމަކުރައްވާފައެވެ.

އަލްއުސްތާޛު އަޙްމަދު މުއުތަސިމް އަދުނާނަކީ މިހާރު އަމަލުކުރާ ޤާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔަރވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އައްޔަންކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަޤާމުން ދުރުކުރެއްވި ބޭފުޅުންނެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަންކުރެއްވުނު މުއުތަސިމް އަދުނާން، އޭގެ ކުރިން 2009 އިން 2014 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ފުރުއްވާފައިވެއެވެ. އެ މަނިކުފާނަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންގހަމްއިން ބެޗިލަރ އޮފް ލޯސް (1992) އަދި ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯއިން މާސްޓަރ އޮފް ފިލޯސޮފީ (1994) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މީގެއިތުރުން، 1994 އިން 2001 އަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުކަމާއި، 2001 އިން 2005 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީންކަން ކުރައްވާފައިވެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން