Ads by Stelco

ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިޔުނަލްގެ އޮފީސް، ފޮޓޯ: އަވަސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖުލައި 2025، 09:10

15 ޖުލައި 2025، 09:10

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އެ ފުރުޞަތު އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި އިޢުލާނުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުން ކުރިޔަށްދާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް، އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން ވެސް އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްއަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުސްތަޤިއްލު މުއައްސަސާއެކެވެ. މި ޓްރައިބިއުނަލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޓެކްސް ދެއްކުމާ ގުޅޭގޮތުން މީރާއިން ނިންމާ ނިންމުންތަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ބަލައި ގޮތެއް ނިންމުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން