Ads by Stelco

ޚަބަރު

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް އަނެއްކާވެސް ހުޅުވާލައިފި

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް އަނެއްކާވެސް ހުޅުވާލައިފި

އެޗްއާރްސީއެމްގެ އޮފީސް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖުލައި 2025، 06:54

15 ޖުލައި 2025، 06:54

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ދެ މެންބަރުންގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ ދެ މަޤާމަށް އެކަށީގެންވާ އަދަދަކަށް ކުރިމަތިލާފައި ނުވާތީ، އަލުން އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުން، މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުން މިއަދުން ފެށިގެން ކުރިއަށްދާނެއެވެ. ފޯމު ބަލައިގަތުން ނިމޭނީ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގައެވެ.

ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ އޮފީހުން މައުލޫމާތު ދީފައިވެއެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި، މަސްއޫލިއްޔަތުތަކުގެ ތަފްސީލު ވެސް ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، މަޖިލީހުގެ ރުހުން ލިބޭ ފަރާތްތައް މި މަޤާމަށް އައްޔަނުކުރެވޭނެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން