Ads by Stelco

ޚަބަރު

އޮޅުހިޔާގެ ޝެލްޓަރ ބައި ހިންގާނެ ބަޔަކު ހޯދަން އަނެއްކާވެސް އިޢުލާނުކޮށްފި

އޮޅުހިޔާގެ ޝެލްޓަރ ބައި ހިންގާނެ ބަޔަކު ހޯދަން އަނެއްކާވެސް އިޢުލާނުކޮށްފި

އޮޅުހިޔާ ޝެލްޓަރ ގައި ބަލަހައްޓާ ބުޅާތަކެއް. ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖުލައި 2025، 04:16

14 ޖުލައި 2025، 04:16

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ" ގެ ޝެލްޓަރބައި ހިންގާނެ ފަރާތެއް ހޯދުމަށް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އަލުން އިޢުލާންކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވި މި ފެސިލިޓީއަކީ 5000 އަކަފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ ޒަމާނީ ފެންވަރުގެ ޕެޓް ކެއަރ ފެސިލިޓީއެކެވެ. މި ފެސިލިޓީ ތަރައްގީކޮށްފައިވަނީ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެންނެވެ.

ނަމަވެސް، މާލެ ސިޓީ ކައުންސިލުން އެއްބަސްވެފައިވާ ގޮތަށް ކަންކަން ކުރިއަށް ނުގެންދިއުމުގެ ސަބަބުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ފެސިލިޓީ އަނބުރާ ވުޒާރާއާ ހަވާލުކުރުމަށް އެންގުނެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު ވަނީ އޮޅުހިޔާ ވުޒާރާއާ ހަވާލުކޮށްފައެވެ.

ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، ހުޅުމާލޭ ފޭސް 2 ގައި ގާއިމުކޮށްފައިވާ އޮޅުހިޔާގެ ޝެލްޓަރ ބައި އެއް އަހަރު ދުވަހަށް ހިންގާނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކަމާ ގުޅޭ މަޢުލޫމާތު ސާފުކުރުން އޮންނާނީ ޖުލައި 16 ވަނަ ދުވަހުގެ 13:00 ގައި ކަމަށާއި، ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ޖުލައި 22 ވަނަ ދުވަހުގެ 13:00 ގައި ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އޮޅުހިޔާގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި، ކްލިނިކަކާއި، ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ވަނީ ހަދާފައެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން އޮޅުހިޔާ ވުޒާރާއާ ހަވާލުކުރި އިރު ގިނަ ޚިދުމަތްތައް ހުރީ ގާއިމު ނުކޮށް ކަމަށާއި، މިހާރު ވުޒާރާއިން މަސައްކަތް ކުރަމުންދަނީ އޮޅުހިޔާގެ ހުރިހާ ޚިދުމަތްތަކެއް ގާއިމުކޮށް ފެސިލިޓީ ހިންގުމަށް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން