Ads by Stelco

ޚަބަރު

ހާފިޒުންގެ އެލަވަންސް މިފެށޭމަހު ދެގުނައަށް ބޮޑު ކުރުމަށް ނިންމައިފި

ހާފިޒުންގެ އެލަވަންސް މިފެށޭމަހު ދެގުނައަށް ބޮޑު ކުރުމަށް ނިންމައިފި

ހާފިޒުންގެ ދަސްވެނިމުގެ ރަސްމިއްޔާތުގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖޫން 2025، 05:10

24 ޖޫން 2025، 05:10

ޙާފިޒުންގެ އެލަވަންސް މިފެށޭ މަހު ދެގުނައަށް ބޮޑުކުރުމަށް ނިންމައިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ޙާފިޒުންނަށް ދެމުން އަންނަ އެލަވަންސް މި މަހުން ފެށިގެން ދެގުނައަށް ބޮޑުކުރުމަށް ސަރުކާރުން ވަނީ ނިންމާފައި ވާކަމަށެވެ. މިގޮތުން 1 ޖުލައި 2025 އިން ފެށިގެން މި ބަދަލު ގެނައުމަށް މިހަފްތާގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައި ކަމަށްެވެސް ރައީސް ވިދާޅުވިއެވެ.

މިއީ ރައީސް މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދެއް ފުއްދުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެކެވެ.

ޙާފިޒުންނަށް ދެވޭ އެލަވަންސް ބޮޑުކުރުމަކީ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ދެވޭ ހިތްވަރެއްގެ އިތުރުން، އެ ބޭފުޅުންގެ މަސައްކަތަށް ދެވޭ އިތުރު ހިތްވަރެއް ކަމުގައި ސަރުކާރުން ފާހަގަކުރެއެވެ.

ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް ކަމުގައި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

މިސަރުކާރުން ވަނީ ރާއްޖޭގެ ޙާފިޒުންނަށް ޚާއްސަކޮށްގެން ދަސްވެނިވުމުގެ ޚާއްސަ ރަަސްމިއްޔާތެއް ބާއްވަންފަށައިފައެވެ. މިދިޔަ ރަމަޟާން މަހުގެ 27 ވިލޭރޭ ވަނީ އޭގެ ފުރަތަމަ ރަސްމިއްޔާތު ބާއްވައިފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS