Ads by Stelco

ޚަބަރު

މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ދިވެހި ފައިސާއިން ދޭން ނިންމުމަކީ ހައްްޤު ނިންމުމެއް ނޫން: ޤާސިމް

މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ދިވެހި ފައިސާއިން ދޭން ނިންމުމަކީ ހައްްޤު ނިންމުމެއް ނޫން: ޤާސިމް

ޤާސިމް އިބްރާހިމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2025، 12:05

19 ޖޫން 2025، 12:05

ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ދިވެހި ފައިސާއިން ދިނުމަށް ނިންމާފައިވާ ނިންމުމަކީ ހައްޤު ނިންމުމެއް ނޫން ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ރާއްޖޭގެ ފަތުުރުވެރިކަމުގެ ދާއީރަގައިވެސް މަސައްކަތްކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ. ޤާސިމް ވިދާޅުވި ގޮތުގައި ފަތުރުވެރިންގެ އަތުން ސާވިސް ޗާޖު ނަގަނީ ޑޮލަރުން ކަމަށްވާތީ، އެ ހައްޤު މުވައްޒަފުންނަށްވެސް ލިބެންޖެހޭނީ ޑޮލަރުންނެވެ.

ޤާސިމް އިތުރަށް ވިދާޅުވި ގޮތުގައި ޑޮލަރުން ނޫން ގޮތަކަށް މުވައްޒަފަކު ސާވިސް ޗާޖު ލިބިގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާންކުރާ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން ކަމަށް ބެލެވިދާނެއެވެ.

އަޅުގަނޑަކީވެސް އެތައް ހާސް މުވައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާ މީހެކެވެ. އަޅުގަނޑުމެންނަށްވެސް މި ދަތި އެބައޮތެވެ. ނަމަވެސް މިއީ މުވައްޒަފުންގެ ވަރަށް ބޮޑު ހައްޤެއް.

ޤާސިމް ވިދާޅުވިއެވެ.

އަދި ބައެއް ކުންފުނިތަކުން މުސާރަ ވެސް ދިވެހި ރުފިޔާއިން ދޭން ނިންމަން އުޅޭ ކަމުގެ ޚަބަރާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން، މުވައްޒަފުންނާއެކު ވެފައިވާ އެއްބަސްވުމުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާނަމަ، އެ މުއްދަތުގައި މުސާރަ ދޭންޖެހޭނީ ޑޮލަރުން ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ފައިސާގެ ޖިންސު ބަދަލުކޮށް އެހެން ފައިސާއަކުން ދެވޭނީ އެ މުވައްޒަފު އެކަމަށް އިއުތިރާ ނުކުރާނަމަ ކަމަށްވެސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS