Ads by Stelco

ޚަބަރު

"ފަށާ މަދަދު"ގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

"ފަށާ މަދަދު"ގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

އުފެނއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވި އަންހެން ބޭފުޅެއް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖޫން 2025، 03:48

15 ޖޫން 2025، 03:48

އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށް ދޫކުރާ "ފަށާ މަދަދު" ލޯނުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިކަން އިޢުލާނު ކުރީ މިއަދުއެވެ.

މި ލޯން ސްކީމްގެ ދަށުން ޖުމްލަ 100 މިލިޔަން ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ކޮންމެ ފިޔަވައްސަކަށް 20 މިލިޔަން ރުފިޔާ ވަނީ ޚާއްސަކޮށްފައެވެ.  މި ލޯން ސްކީމްގެ 25 އިންސައްތަ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކުރެވިފައިކަން ފާހަގަކޮށްލަންޖެހެއެވެ. 

އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް މި ލޯނުގެ ދަށުން 100،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ހަމައަށް ލޯނު ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

 ލޯނުގެ އިންޓްރެސްޓް ރޭޓަކީ އަހަރަކު 6 އިންސައްތައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 7 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މީގެ އިތުރުން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބިގެންދާނެއެވެ.

"ފަށާ މަދަދު" ލޯނަކީ އެސްޑީއެފްސީއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިތުރުން އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ ޚާއްސަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމެވެ.

މި ލޯނު ސްކީމްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދެއް ފުއްދުމުގެ ގޮތުން ތަޢާރަފުކުރެވުނު ސްކީމެކެވެ. ލޯނަށް އެދޭ ފަރާތްތަކުން އޮގަސްޓް 31 ވާ އާދީއްތަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS