Ads by Stelco

ޚަބަރު

ޙައްޖުން އެނބުރި އަންނަ ފަރާތްތަކަށް ޚާއްސަކޮށް ފްލޫ ކްލިނިކްތަކެއް

ޙައްޖުން އެނބުރި އަންނަ ފަރާތްތަކަށް ޚާއްސަކޮށް ފްލޫ ކްލިނިކްތަކެއް

އަިޖީއެމްއެޗް. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖޫން 2025، 08:22

13 ޖޫން 2025، 08:22

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ހުޅުމާލޭ ހޮސްޕިޓަލްގައި ފްލޫ ކްލިނިކްތަކެއް ޤާއިމްކޮށްފިއެވެ.

އައިޖީއެމްއެޗްގައި ޤާއިމްކޮށްފައިވާ ފްލޫ ކްލިނިކް ހިންގަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ. މި ކްލިނިކްގެ ޚިދުމަތް ދެނީ ބަލިމީހުން ބަލާ ކޮޓަރި ނަންބަރު 10 އިންނެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން ރޭގަނޑު 20:00 އަށް ޚިދުމަތް ފޯރުކޮށްދެއެވެ.

ފްލޫ ކްލިނިކަށް ދާ ފަރާތްތަކުން އެންމެ ފުރަތަމަ އީއާރް ޓްރިއޭޖް ކައުންޓަރަށް ދިއުމަށް އައިޖީއެމްއެޗްއިން އަންގަވާފައިވެއެވެ. އަދި ކިއުބީން ފްލޫ ކްލިނިކުގެ ނަންބަރެއް ނެގުމަށް ފްލޫ ކްލިނިކަށް ނުވަތަ އިމަރޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖުން އިރުޝާދު ދެއްވާނެކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވާފައިވެއެވެ.

1446 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ނިންމުމަށްފަހު، ދިވެހި ޙައްޖުވެރިން ރާއްޖެ އައުން މިހާރުވަނީ ފަށާފައެވެ. މިގޮތުން ފުރަތަމަ ފްލައިޓުން 230 އަށްވުރެ ގިނަ ޙައްޖާޖީން ވަނީ ރާއްޖެ އައިސްފައެވެ.

އެޗްޕީއޭއިން ދެއްވާފައިވާ އިރުޝާދުތަކުގައި، އަރިދަފުސް ރޯގާ ޖެހިފައިވާނަމަ ކެއްސައި ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ކުޑަރުމާލެއް ނުވަތަ ޓިޝޫއަކުން ނިވާކުރުމަށާއި، ބޭނުންކުރާ މާސްކާއި ޓިޝޫފަދަ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމަށް އިލްތިމާސްކުރައްވާފައިވެއެވެ. އަދި ރޯގާޖެހި ކެއްސާނަމަ މީހުން އުޅޭ ތަންތަނަށް ނުދިއުމަށާއި، ހުމާއި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި އަރާމުކުރުމަށްވެސް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS