Ads by Stelco

ޚަބަރު

ޖޭއެސްސީއަށް އާންމުން ތަމްސީލްކުރާނެ މީހަކު އައްޔަނުކުރުމަށް ފުރުސަތު ހުޅުވާލައިފި

ޖޭއެސްސީއަށް އާންމުން ތަމްސީލްކުރާނެ މީހަކު އައްޔަނުކުރުމަށް ފުރުސަތު ހުޅުވާލައިފި

ޖޭއެސްއީގެ އޮފީސް. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖޫން 2025، 04:20

12 ޖޫން 2025، 04:20

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ފަރާތުން މެންބަރަކު އައްޔަނުކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. 

މިކަން އިއުލާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، މުސްލިމަކަށްވުމާއި، ދިވެހި ރައްޔިތަކަށްވުމާއި، އުމުރުން 30 އަހަރު ފުރިފައިވުން ހިމެނެއެވެ. މީގެއިތުރުން، އިސްލާމްދީނުގެ އެއްވެސް ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުމަކީވެސް ޝަރުތެކެވެ.

އަދި ހަމައެއާއެކު، ސިޔާސީ މަޤާމެއް ފުރަމުންދާ ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި މަޤާމަށް ކުރިމަތިނުލެވޭނެއެވެ. އަދި ބުއްދި ހަމައަށް ހުރި މީހަކަށްވުން ލާޒިމްވެއެވެ.

މި މަޤާމަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން ޖުލައި 3 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ. މީގެ ތެރޭގައި ދަރަންޏާއި ކުށުގެ ރެކޯޑު ފޯމު، އައިޑީ ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްތައް ހިމެނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، އާންމުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަނުކުރެވޭ މެންބަރަށް އެ މަޤާމުގައި ހުރެވޭނީ 5 އަހަރު ދުވަހުގެ އެއް ދައުރަށް ކަމާއި، އެ ދައުރު ހަމަވުމުން އަލުން އެ މަޤާމަށް އައްޔަނު ނުކުރެވޭނެ ކަމެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS