Ads by Stelco

ޚަބަރު

ދިވެހި ޙާޖީން އެނބުރި ރާއްޖެ އައުން މި މަހުގެ 13، 14، 16 އަދި 17 ގައި

ދިވެހި ޙާޖީން އެނބުރި ރާއްޖެ އައުން މި މަހުގެ 13، 14، 16 އަދި 17 ގައި

ދިވެހި ޙާޖީން ސަޢުދީއަށް ފުރުމުގެ ކުރިން އެއަރޕޯޓުގައި. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖޫން 2025، 07:08

11 ޖޫން 2025، 07:08

މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރި ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނެފައިވަނީ ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން ފުރަތަމަ ފްލައިޓު ރާއްޖެއަށް އަންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ދެވަނަ ފްލައިޓު މި މަހުގެ 14 ވަނަ ދުވަހު އަންނަން ހަމަޖެހިފައިވާއިރު، ތިންވަނަ ފްލައިޓު އަންނާނީ މި މަހުގެ 16 ވަނަ ދުވަހެވެ. އަދި އެންމެ ފަހު ފްލައިޓު އަންނާނީ މި މަހުގެ 17 ވަނަ ދުވަހުކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ޙައްޖުވެރިން އެނބުރި މާލެ އަންނައިރު މަރުހަބާ ކިޔުމަށް ވީހާވެސް މަދު ބަޔަކު އެއަރޕޯޓަށް ދިއުމަށާއި، ޙައްޖުވެރިން އައުމުން އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވި ގޮތުގައި މިއީ ރޯގާތައް ފެތުރުން ކުޑަކުރުމަށް އެޅޭ ފިޔަވަޅެކެވެ.

މި ވަގުތު ދިވެހި ޙައްޖުވެރިން ވަނީ ޙައްޖުގެ އަޅުކަންތައް ފުރިހަމަކޮށް، މަދީނާއަށް ފުރަން ފަށާފައެވެ. އެގޮތުން ފުރަތަމަ ގުރޫޕުގެ ޙައްޖުވެރިން މިހާރު ވަނީ މަދީނާއަށް ވަޑައިގެންފައެވެ.

ޙައްޖުވެރިންނަށް މަރުހަބާ ކިޔުމަށް އެއަރޕޯޓަށް ދާ ފަރާތްތަކުން އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS