Ads by Stelco

ޚަބަރު

ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ މަޝްރޫޢު މި އަހަރު ފެށުމަށް ނިންމައިފައިވާކަމަށް ވަޒީރު ވިދާޅުވެއްޖެ

ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ މަޝްރޫޢު މި އަހަރު ފެށުމަށް ނިންމައިފައިވާކަމަށް ވަޒީރު ވިދާޅުވެއްޖެ

ވަޒީރު އާދަމް ނަސީރު އިބްރާހިމް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ޖޫން 2025، 01:52

07 ޖޫން 2025، 01:52

އިސްރަށްވެހިންގެ ހަނދާންތަކާއި ވާހަކަތައް އެއްކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރުތެރޭ ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، އިސްރަށްވެހިންގެ ހަނދާންތައް ނުވަތަ އޯރަލް ހިސްޓްރީ އެއްކުރުމުގެ މަޝްރޫޢުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. މީގެ ތެރޭގައި އެކަމާ ގުޅޭ ޢިލްމުތައް ރާއްޖެއަށް ގެނައުމާއި، ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ދުވަސްވީ މީހުންގެ މަޢުލޫމާތު އެއްކުރުމަކީ ވަކި ޢިލްމީ ހަމަތަކެއްގެ މަތީން، ވަކި ގޮތަކަށް ތަރުތީބުކުރެވިގެން ސުވާލުތައް ކުރެވި، އެކި ދުވަސްމަތީން ބައްދަލުކުރެވިގެން ނެގޭ މަޢުލޫމާތުތަކެއް، މިގޮތުން ރާއްޖޭގެ 50، 60 އަހަރުގެ މީހުންގެ ތެރެއިން ކޮންމެ ރަށަކުން 10 ވަރަކަށް މީހުންގެ މަޢުލޫމާތު ނެގިޔަސް، ވަކި ދުވަސްވަރެއްގައި ރާއްޖެ އޮތްގޮތުގެ ވަރަށް ގިނަ މަޢުލޫމާތު އެނގޭނެ.

ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ކާބަފައިން ގެންގުޅުނު ހަމަތަކާއި އުސޫލުތަކާއި ހަރުދަނާ ސިފަތައް ދެނެގަނެވި، މުސްތަޤްބަލަށް ބޭނުންކުރެވޭނެ ގިނަ މަޢުލޫމާތުތަކެއް އެއްކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޔުނިފޯމް ފްރޭމްވޯކްސްތައް އުފެއްދުމުގެ މަސައްކަތްވެސް މިއަހަރު ފެށުމަށް ވަނީ ރޭވިފައެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ މިއީ ދިވެހީންގެ ހުނަރުތަކާއި ސިފަތަކާއި އޭގެ ރީތި މޮޅު ގޮތްތައް ދެނެގަތުމަށްޓަކައި ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، މި މަސައްކަތް މުޅި ރާއްޖެއަށް ހިންގުމަށް މިހާރު ދަނީ ތައްޔާރުވަމުންކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS