Ads by Stelco

ޚަބަރު

ވަޒީރު ޙައިދަރު ސަޢުދީގެ ޑެޕިއުޓީ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް އެފެއާރޒްއާ ބައްދަލުކުރައްވައިފި

ވަޒީރު ޙައިދަރު ސަޢުދީގެ ޑެޕިއުޓީ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް އެފެއާރޒްއާ ބައްދަލުކުރައްވައިފި

ވަޒީރު ޙައިދަރު ސަޢުދީގެ ޑެޕިއުޓީ މިނިސްޓަރ އޮފް އިންޓަނޭޝަނަލް އެފެއާޒް ޑރ. ޠާރިޤް އާއި ބައްދަލުކުރެއްވުން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖޫން 2025، 10:39

03 ޖޫން 2025، 10:39

ޖެނީވާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ލޭބަރ ކޮންފަރެންސް (އައިއެލްސީ) 2025ގެ ހަވާސާގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު، ސަޢޫދީ އަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް އެފެއާރޒް ޑރ. ޠާރިޤް އަބްދުލްއަޒީޒް އަލްޙަމަދާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ވަޒީފާއާބެހޭ ކަންކަން ހިންގުމާއި، މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޙައިދަރު ރާއްޖޭގައި ވަޒީފާއާބެހޭ ކަންކަން ހިންގުން ހަރުދަނާކުރުމަށާއި މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ގެންނަމުންދާ މުހިންމު އިޞްލާޙުތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި 2026 ވަނަ އަހަރުގެ މެއި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ގްލޯބަލް ގަވަރމަންޓް ސަމިޓް އޮން ސޯޝަލް އިނޮވޭޝަންގައި ބައިވެރިވުމަށް ސަޢޫދީ އަރަބިއްޔާއަށް ދަޢުވަތު ދެއްވިއެވެ.

މީގެއިތުރުން، ރިޔާދުގައި ބޭއްވުނު ދެވަނަ ލޭބަރ މާކެޓް ކޮންފަރެންސްގައި ބައިވެރިވުމަށް ދެއްވި ދަޢުވަތަށާއި، ދެ ޤައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުމަށްޓަކައި ސަޢޫދީ ސަރުކާރަށް ވަޒީރު ޑރ. ޙައިދަރު ޝުކުރު އަދާކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS