Ads by Stelco

ޚަބަރު

ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ޞިއްޙީ ޚިދުމަތް ވަރުގަދަކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއްދެއްވާ ކަންތައް: ރައީސް

ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ޞިއްޙީ ޚިދުމަތް ވަރުގަދަކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއްދެއްވާ ކަންތައް: ރައީސް

ރައްޔިތުންނާއި އެކު ޕޮޑްކާސްޓުގައި ރައީސް މުޢިއްޒު ވާހަކަފުދަައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މޭ 2025، 03:59

30 މޭ 2025، 03:59

ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ޞިއްޙީ ޚިދުމަތް ވަރުގަދަކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްެޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ޞިއްޙީ ޚިދުމަތް ވަރުގަދަކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ކަންތައް ކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާތްﷲގެ އިރާދަފުޅާއެކު މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމުގައެވެ.

މިއަދުގެ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން، ޞިއްޙީ ދާއިރާއަކީ ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށާއި ޢާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާކަން ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި ޞިއްޙީ ކަންކަން ރަނގަޅުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. 

ޚާއްޞަކޮށް މާލޭ ސަރަޙައްދުގައި ގިނަ މަސައްކަތްތަކެއް ނިންމައި، ޚިދުމަތް ދޭން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިންމާލެވިފައެވެ. މި މަރުކަޒުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ޚާއްޞަ ވޯޑަކާއި، ކުޑަކުދިންނަށް ޚާއްޞަ ވޯޑެއް ހިމެނެއެވެ.

މީގެއިތުރުން، ހުޅުމާލޭ ހޮސްޕިޓަލުގެ އިމަޖެންސީ ޚިދުމަތްތައްވެސް ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވި، އާ ޚިދުމަތްތައް ފެށިފައެވެ. މި ހުރިހާ ކަމަކީވެސް ރައްޔިތުންނަށް ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS