Ads by Stelco

ޚަބަރު

ތެލަސީމިއާ ބަލިމީހުންނަށް ސްޕެޝަލިސްޓުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭގޮތް ހަމަޖެހިއްޖެ: ޢަބްދުއްރައްޒާޤް

ތެލަސީމިއާ ބަލިމީހުންނަށް ސްޕެޝަލިސްޓުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭގޮތް ހަމަޖެހިއްޖެ: ޢަބްދުއްރައްޒާޤް

ލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މޭ 2025، 02:52

28 މޭ 2025، 02:52

ތެލަސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކުރުމާ ގުޅިގެން، ތެލަސީމިއާ ބަލިމީހުންނަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ފަސޭހަކަމާއެކު ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޓީވީގައި  ވާހަކަފުޅު ދައްކަވަމުން ރައްޒާޤް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް މި ޚިދުމަތް އިތުރަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ލޭގެ އެކި ބަލިތައް ހުންނަ ފަރާތްތަކަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ރާއްޖޭގައި ތެލަސީމިއާ ބައްޔަށް ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެކަނި ތެލަސީމިއާގެ އިތުރުން ވަރަށް ގިނަ އެހެން ކަންކަމަށް އެ ބޭފުޅުން ކޮންސަލްޓް ކުރަން ބޭނުންވާނެ. ކަށީގެ ކަންކަމާއި އިންޓަރނަލް މެޑިސިންގެ ކަންކަން އެބަހުރި. އެހެންވީމާ، އެ ކަންކަމަށް ބޭނުންވާ ޚިދުމަތްތައް ފަހިކޮށްދިނުމަށް ސްޕެޝަލިސްޓް ކޮންސަލްޓޭޝަން ހުޅުމާލެ ހޮސްޕިޓަލުންނާއި އައިޖީއެމްއެޗުން ފަސޭހަކަމާއެކު އެޕޮއިންޓްމަންޓް ލިބޭނެ ގޮތް ހަމަޖައްސައިދީފައިވާނެ  

ޢަބްދުއްރައްޒާޤް

އޮރެންޖު ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ޚިދުމަތްވެސް ފުޅާކޮށްފައިވާ ކަމަށް ރައްޒާޤް ވިދާޅުވިއެވެ. މިގޮތުން ތެލަސީމިއާ ސެންޓަރަށް ދިއުމަށް ދަތިވާ ފަރާތްތަކަށް އައިޖީއެމްއެޗުން ލޭ ހަދިޔާކުރުމުގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ފަރާތްތަކަށް ބޭނުންވާ ޓެސްޓުތައް ހެދުމުގެ ޚިދުމަތާއި ހީމަޓޮލޮޖިސްޓެއްގެ ޚިދުމަތްވެސް ވަރަށް އަވަހަށް ތެލަސީމިއާ ބަލިމީހުންނަށް ލިބެން ފަށާނެ ކަމަށް ރައްޒާޤް ވިދާޅުވިއެވެ. 

އަދި މާލޭގެ އިތުރުން ރަށްރަށުގައި ދިރިއުޅޭ ތެލަސީމިއާ ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އަތޮޅު ހޮސްޕިޓަލްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ސީއީއޯ ރައްްޒާޤް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS