Ads by Stelco

ޚަބަރު

ޕީޖީގެ ލަފަޔާއި އެކު ރައުދު ބަންދުން ދޫކޮށްލައިފި

ޕީޖީގެ ލަފަޔާއި އެކު ރައުދު ބަންދުން ދޫކޮށްލައިފި

ރައުދު އަޙްމަދު ޛިލާލް. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 މޭ 2025، 10:36

27 މޭ 2025، 10:36

18 އޭޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނު ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނުގެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ހުރި އަހުމަދު ރައުދު ޛިލާލް ބަންދުން ދޫކޮށްލުމަށް ޕްރޮސޮކިޔުޓަރ ޖެނެރަލްގެ އޮފީހުން އިރުޝާދު ދީފައިވާތީ އޭނާ ދޫކޮށްލައިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިރުޝާދުދީފައިވާތީ، ރޭ ރައުދު ވަނީ ބަންދުން ދޫކޮށްލާފައިކަމަށެވެ.

ރައުދު ދޫކޮށްލާފައިވަނީ މިވަނީ ދެވަނަ ފަހަރަށް އޭނާ ހައްޔަރުކޮށް ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަހުގެ މުއްދަތެއް ޖަހާފައިވަނިކޮށެވެ.

ހެންވޭރު ފެންޓޯނިއާގޭގެ ފުރާޅުމައްޗަށް ވެެއްޓިފައިއޮވާ ފެނުނު ހައްވާ ޔުމްނުއަށް އައިޖީއެމްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އޭނާ މިހާރުވަނީ މެލޭޝިޔާއަށްގެންދެވިފައެވެ. ޔުމްނުގެ އާއިލާގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ޔުމްނުއާއި ސުވާލު ނުކުރެވި ދިގުލައިގަތުމަށްފަހު، އޭނާގެ އާއިލާއިން އެއްބާރުލޭންދޭން ބުނުމުން ދިވެހި ފުލުހުންނާއި މެލޭޝިޔާގެ ފުލުހުން ގުޅިގެން ޔުމްނުއާއި ސުވާލުކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް ފާއިތިުވި ހަފްތާގައި ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޔުމްނު ފުރާޅުމައްޗަށް ވެއްޓި މިމައްސަލާގައި ހިމެނޭ މީހުން ހައްޔަރުނުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔުމުން މާލޭގައި ޒުވާނުން ނުކުމެ މުޒާހަރާތަކެއް ކުރެވިގެން ދިޔައެވެ. 

މިމައްސަލަ މިނިވަން ކޮށް ތަހުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުވަނީ ޚާއްސަ ރިޔާސީ ކޮމިޝަނެއް އުފައްފަވައިފައެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS