Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ގެ މަޤާމަށް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ގެ މަޤާމަށް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރައްވައިފި

ސްޕެޝަލް އެންވޯއޯ އޮފް ދަ ޕްރެޒިޓެންޓް ގެ މަޤާމަށް ރައީސް ވަޙީދު އައްޔަނުކުރުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 މޭ 2025، 10:34

26 މޭ 2025، 10:34

ހުލާސާ


ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް ގެ މަޤާމަށް ރައީސް ޑރ މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރައްވައިފިއެވެ.

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ޑރ މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރެއްވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންއަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތަޢުލީމީ ދާއިރާގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ، އަދި ޔުނިސެފްގައިވެސް އިސް މަޤާމުތަކެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

މަޤާމަށް ޢައްޔަނުކުރެއްވުމަށްފަހު ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުޙައްމަދު ވަޙީދު ޙަސަންއަކީ ވަރަށް ޤާބިލު ބޭފުޅެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަކުރުމަށާއި އިޤްތިޞާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ޤައުމުތަކާއެކު މަޝްވަރާކުރައްވައި މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުޙައްމަދު ވަޙީދު ޙަސަން ވަނީ ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

 ރައީސް ޑރ މުޙައްމަދު ވަޙީދު ޙަސަން މި މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS