Ads by Aqeeqa Maldives

ޚަބަރު

އާރުޑީސީ އަކީ މަގު ހެދުމުގެ މަސައްކަތް ރަނގަޅު ފެންވަރަކަށް ކުރިއަށް ގެންދާ އަދި އެކަމުގެ ފަންނީ ޤާބިލްކަން ހުރި ކުންފުންޏެއް: ވަޒީރު މުއްޠަލިބު

އާރުޑީސީ އަކީ މަގު ހެދުމުގެ މަސައްކަތް ރަނގަޅު ފެންވަރަކަށް ކުރިއަށް ގެންދާ އަދި އެކަމުގެ ފަންނީ ޤާބިލްކަން ހުރި ކުންފުންޏެއް: ވަޒީރު މުއްޠަލިބު

ވަޒީރު ޑރ މުއްޠަލިބް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މޭ 2025، 07:16

12 މޭ 2025، 07:16

ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަނަކީ މަގު ހެދުމުގެ މަސައްކަތް ރަނގަޅު ފެންވަރަކަށް ކުރިއަށްދެންދާ އެކަމުގެ ފަންނީ ޤާބިލްކަން ހުރި ކުންފުންޏެއްކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. 

ވަޒީރު މުއްޠަލިބް މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ނައިބު އަދި ކުރީގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު އެކްސްގައި ކުރެއްވެވި ޕޯސްޓަކަށް ދެެއްވި ރައްދެއްގައެވެ.

ވަޙީދުގެ ޕޯސްޓުގައި ވަޒީރު އާރްޑީސީގައި މިވަގުތު ތާރު އެޅުމުގެ ކެޕޭސިޓީ ނެތް ކަމަށް ވިދާޅުވި ކަމަށް އޮތް ޚަބަރަކާއި އައްޑޫ ލިންކް ރޯޑާއި ހައިވޭ ހެދުމުގެ މަޝްރޫޢު އާރްޑީސީއާއި ހަވާލުކުރި ޚަބަރު ހިއްސާކޮށް ފައެވެ. އަދި އޭނާ ބުނެފައިވަނީ އެހާ ގިނަ މަޝްރޫޢުތައް ހަވާލުކޮށްގެން އުޅެނީ ކެޕޭސިޓީ ނެތީމަތޯ ސުވާލުކޮށްފައެވެ.

ވަހީދުގެ ޕޯސްޓަށް ރައްދުދެއްވައި ވަޒީރު މުއްޠަލިބް ވިދާޅުވެފައިވަނީ އާރުޑީސީ އަކީ މަގު ހެދުމުގެ މަސައްކަތް ރަނގަޅު ފެންވަރަކަށް ކުރިއަށް ގެންދާ އަދި އެކަމުގެ ފަންނީ ޤާބިލްކަން ހުރި ކުންފުންޏެއް ކަަމަށެެވެ. އެހެން ނަމަވެސް ތާރު އެޅުމުގެ މަސައްކަތް މެޝިނަރީޒްގެ ދަތިކަމާއެކު މިހާތަނަށް ކޮށްފައިވަނީ ސަބް ކޮންޓްރެކްޓްކޮށްގެން ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ތާރުއެޅުމަށް ބޭނުންވާ މެޝިނަރީޒް އާރުޑީސީއަށް ހޯދާދީގެން އެކުންފުނިން ތާރުއެޅުމުގެ މަސައްކަތްވެސް ކުރަންކަމަށް ވަޒީރު މުއްޠަލިބް ވިދާޅުވެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS