Ads by Aqeeqa Maldives

ޚަބަރު

ނަޑެއްލާއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ނަޑެއްލާއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ގދ. ނަޑެއްލާ، ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މޭ 2025، 06:49

12 މޭ 2025، 06:49

ގދ ނަޑެއްލާއިން ގެއްލިގެން ހޯދަމުންދިޔަ ހދ. ނޮޅިވަރަން، ސުހާނީ، އުމުރުން 34 އަހަރުގެ އާދަމް އިބްރާހިމް ފެނިއްޖެއެވެ. 

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ހާއިރު ނަޑެއްލާއަށް ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ ދޯނިން އެ ރަށަށް ފޭބުމަށްފަހު އަނބުރާ އޭނާ ދޯންޏަށް އައިސްފައިނުވާތީ ރޭ 10:30 ހާއިރުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ރިޕޯޓާ ގުޅިގެން ފުލުހުންގެ ޓީމެއް ރޭގެ ވަގުތެއްގައި އެ ރަށަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ރަށުގެ އިތުރުން، އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށްތައް ބަލާފައިވާކަން ވެސް ފުލުހުން ހާމަކުރެއެވެ.

އޭނާ ފެނިފައިވަނީ މިއަދު ހަވީރު 16:45 އެހާއިރު ނަޑެއްލާ ކައިރީގައި އޮންނަ ފަޅުރަށަކުން ކަމަށާއި އޭނާގެ ޙާލު ރަނގަޅުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އާދަމް އިބްރާޙިމް ފެނިފައި ވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި އުޅުނު ފުލުހުންނާއި ނަޑެއްލާ ރައްޔިތުންގެ ޓީމަކަށެވެ. 

 އަދި މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ފާހަގަވެފައިވުމާ ގުޅިގެން، މައްސަލަ އިތުރަށް ބަލަމުންދާކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS