Ads by Aqeeqa Maldives

ޚަބަރު

މިމަހު 17ގައި މުލީ އެއަރޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަނީ

މިމަހު 17ގައި މުލީ އެއަރޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަނީ

މުލީ އެއަރޕޯޓް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 މޭ 2025، 11:34

10 މޭ 2025، 11:34

މިމަހު 17 ގައި މުލީ އެއަރޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ. 

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި، މި އައު ރޫޓުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ މެއި މަހުގެ 17 ވަނަ ދުވަހުގައި ކަމަށެވެ. އަދި މާލެއާއި މުއްޔާ ދެމެދު ކުރެވޭ މި ދަތުރަކީ 35 މިނެޓުގެ ދަތުރެއް ކަމަށް ވެސް އެއަރލައިނުން ބުނެފައިވެއެވެ.

މޯލްޑިވިއަނުން ބުނީ، މުލި އެއަރޕޯޓަށް ހަފްތާއަކު ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަމަށާއި، މި ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެ ވެސް ހޮނިހިރު ދުވަހު ކަމަށެވެ.

މޯލްޑިވިއަނުން މުއްޔަށް ދަތުރުކުރުމަށް ކޮޅަކަށް ނަގަނީ 1377 ރުފިޔާއެވެ.

އެ އެއާޕޯޓްގައި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މި މަހުގެ 25 ވަނަ ދުވަހެވެ. 

މުލީ އެއާޕޯޓް ހެދުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ. އެމްޓީސީސީއާ އެއާޕޯޓުގެ މަސައްކަތް ހަވާލު ކުރީ، 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެގޮތުން ބިން ހިއްކައިގެން 1200 މީޓަރުގެ ރަންވޭއަކާއެކު އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލު ކުރީ 212 މިލިއަން ރުފިޔާއަށެވެ.

2021 ވަނަ އަހަރު އެ ކުންފުންޏާ މަސައްކަތް ހަވާލު ކުރި ނަމަވެސް، މަސައްކަތް ލަސްވެގެން ގޮސްފައިވަނީ ފައިސާގެ ދަތިކަމާ ގުޅިގެން ކަމަށް މީގެ ކުރިން އެމްޓީސީސީން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި 12 އަށް ވުރެ ގިނަ އެއާޕޯޓް ގާއިމްކޮށްފައިވާއިރު، އިތުރު އެއާޕޯޓްތައް ވެސް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS