ޚަބަރު
އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރައްވަން ހުށައަޅުއްވައިފި

އުއްތަމަ ފަނޑިޔާރު މުޢުތަސިމް ޢަދުނާން. ފޮޓޯ: ޕީއެސްއެމް
ހުލާސާ
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވައިފިއެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ޖޭއެސްސީއަށް ހުށަހެޅުއްވިކަމަށް މީޑިއާތަކުން ކަށަަވަރުވެފައި ވީނަމަވެސް، ޖޭއެސްސީގެ ބަހެއް އަދި މިކަމަށް ލިބިފައެއް ނުވެއެވެ.
އެމަނިކުފާނު މަގާމުން ރަސްމީކޮށް ރިޓަޔާވެވަޑައިގަންނަވާނީ އެ ފުރުސަތު ޖޭއެސްސީން ދިނުމުންނެވެ.
އައު ޤާނޫނީ ވަކީލުންތަކެއް ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރު ވަނީ އެ މަނިކުފާނަކީ މިހާރު ދުވަސްވީ ބޭފުޅެއް ކަމަށާއި އެފަދަ ޖަލްސާތަކުން ކުރިއަށް އޮތްތަނުގައި ނުފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވެ، ރިޓަޔަރ ކުރައްވަން އުޅުއްވާކަމުގެ އިޝާރާތެއް ކުރައްވައިފައެވެ.
އުއްތަމަ ފަނޑިޔާރު މުޢުތަސިމް ޢަދުނާނު ވަނީ ޝަރުޢީ ދާއިރާއަށް 32 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ. އުއްތަމަ ފަނޑިޔާރުކަމަށް މުޢުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭގެކުރިން އެ މަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ.
އެ މަނިކުފާނަކީ ފެހި ޤާނޫނު އަސާސީގެ ދަށުން އުއްތަމަ ފަނޑިޔާރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާއެވެ.