Ads by Aqeeqa Maldives

ޚަބަރު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އައިއައިޔޫއެމްގެ ރެކްޓަރއާ ބައްދަލުކުރައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އައިއައިޔޫއެމްގެ ރެކްޓަރއާ ބައްދަލުކުރައްވައިފި

ވަޒީރު ޝަހީމް ޕްރޮފެސަރ އުސްމާނާއި ބައްދަލުކުރެއްވުން. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 އޭޕްރީލު 2025، 04:26

29 އޭޕްރީލު 2025، 04:26

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އައިއައިޔޫއެމްގެ ރެކްޓަރ ޕްރޮފެސަރު އުސްމާން ބަކޫރާ ބައްދަލަކުރައްވައިފިއެވެ. 

ވަޒީރު ޝަހީމް އައިއައިޔޫއެމްގެ ރެކްޓަރ އާއި ބައްދަލުކުރައްވައިފައިވަނީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެެ ތެރެއިންނެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް)ގެ ރެކްޓަރު ޕްރޮފެސަރު އުސްމާން ބަކުރުއާ ބައްދަލުކުރައްވައި، އެޔުނިވާސިޓީއާއި ރާއްޖެއާއި ދެމެދު ޒަމާނުއްސުރެ އޮތް ގުޅުން އައުކޮށް އިތުރަށް ހަރުދަނާކުރުމާއި ދެމެދު ވާހަކަދެކެވިފައިވާކަމަށެވެ.

މި ބައްދަލުވުމުގައި ވަޒީރު ޝަހީމް ވަނީ ޔުނިވާސިޓީން ދެމިއޮތް އޮތުމާއި އިސްލާމީ ތައުލީމު ކުރިއެރުވުމުގައި އެ ޔުނިވާސިޓީން އަދާކުރާ މުހިންމު ދައުރަށް ޝުކުރު އަދާކުރައްވާފައެވެ.

އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް އައިއައިޔޫއެމް އިން ކުރަމުންދާ ނަމޫނާ މަސައްކަތް ފާހަގަކުރައްވާ އެކަންކަމަށް ވަޒީރު ޝަހީމް ވަނީ ތަޢުރީފް ކުރައްވައިފައެވެ.

އަދި މިބައްދަލުވުމުގައި އެޔުނިވާސިޓީއާއި ރާއްޖެއާއި ދެމެދު އެއްބާރުލުންދެވޭނެ އައު މަގުތަކާއި މެދު މަޝްވަރާކުރެވިފައިވެއެވެ.

އެގޮތުން އެކަޑަމިކް އެކްސްޗޭންޖް، ރިސާޗް، އަދި ކެޕޭސިޓީ ބިލްޑިންގ އިނިޝިއޭޓިވްސް އިތުރުކުރުމަށް ބާރުއަޅައިގެން ވުޒާރާއާއި ޔުނިވާސިޓީއާ ދެމެދު އެއްބާރުލުން ދިނުމުގެ އާ މަގުތައް ހޯދުމުގެ މަޝްވަރާތައްވެސް ކުރެވިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS