Ads by Aqeeqa Maldives

ޚަބަރު

ދަފްތަރުގައި ރެޖިސްޓަރވެފައިވާ މަސްވެރިން ބީއެމްއެލްގެ ކްރެޑިޓް ފެސިލިޓީސްތަކަށް ބަލައިގަތުމުގެ ފަހުމުނާމާގައި ސޮއިކޮށްފި

ދަފްތަރުގައި ރެޖިސްޓަރވެފައިވާ މަސްވެރިން ބީއެމްއެލްގެ ކްރެޑިޓް ފެސިލިޓީސްތަކަށް ބަލައިގަތުމުގެ ފަހުމުނާމާގައި ސޮއިކޮށްފި

ބީއެމްއެލް އާއި މަސްވެރިކަމާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެވުން. ފޮޓޯ:ބީއެމްއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޭޕްރީލު 2025، 11:49

28 އޭޕްރީލު 2025، 11:49

މަސްވެރިންގެ ދަފްތަރުގައި ރެޖިސްޓަރ ވެފައިވާ މަސްވެރިން ބޭންކް އޮފް މޯލްޑިވެސްގެ ކްރެޑިޓް ފެސިލިޓީސްތަކަށް ބަލައި ގަތުމާއި ގުޅޭ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މަސްވެރިކަމާ ކަނޑުގެ ދިރުންތަކާއި ބެހޭ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް އާއި ދެމެދު ވެވުނު މިފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިއަދުއެވެ. 

ބީއެމްއެލް އިން ބުނެފައިވަނީ މިފަހުމުނާމާގެ ސަބަބުން މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު، އަދި ހޯމް ލޯނު ފަދަ ތަފާތު ކްރެޑިޓް ފެސިލިޓީތައް ލިބިގެންދާނެކަމަށެވެ.

އަދި ފައިނޭންސިންގ އަށް ރިޕޭމަންޓް ޝެޑިއުލްތައް ސްޓްރަކްޗަރ ކުރެވޭނީ މަސްވެރިކަމުގެ އާމްދަނީގެ މޫސުމީ ތަފާތުތަކަށް ރިޢާޔަތްކޮށްގެންކަމަށްވެސް އެބޭންކުން ބުނެފައިވެއެވެ.

މަސްވެރިންގެ ދަފްތަރެއް އެކުަލަވައިލައި މަސްވެރިންނަށް މިފަދަ ފުރުސަތެއް ފަހިކޮށްދެވުނު މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި މަސްވެރިންގެ ދަފްތަރެއް އެކުލަވައިލާ މަސްވެރިންނަށް ބީއެމްއެލްގެ ކްރެޑިޓް ފެސިލިޓީސްތަކަށް ބަލައި ގަނެވޭނެ ފަދަ އުސޫލެއް ކަނޑައަޅައި ދެއްވުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS