ޚަބަރު
ޒުވާނުންގެ ކިބައިން ރައީސް އެދިލެއްވީ ބައެއްގެ ސިޔާސީ ބޭނުމަށް ޤައުމު ހަލަބޮލި ކުރިޔަ ނުދިނުމަށް

ރައީސް ޑރ މުހައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
މިހާރު ހިގައިގެން އުޅޭ ކަންތައްތަކާއި ގުޅިގެން އިންސާފުހޯދުަމަށް ގޮވާލަމުންދާ ޒުވާނުންގެ ކިބައިން، ބައެއްެގެ ސިޔާސީ ބޭނުމަށް ޤައުމު ހަލަބޮލި ކުރިޔަ ނުދިނުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޒުވާނުންގެ ކިބައިން މިފަދައިން އެދިވަޑައިގަތީ މިއަދު މެލޭޝިޔާއަށް ފުރާވަޑައިގަތުމަށް އެއަރޕޯޓުގައި ހުންނަވައިގެންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވާނެ ކަމަށާއި ނަމަވެސް ޒުވާނުން ކުރާ މުޒާހަރާގެ ތެރެއަށް ސިޔާސީ ބަޔަކު ވަދެ، ސިޔާސީ ބޭނުމަށް ޤައުމު ހަލަބޮލި ވިޔަ ނުދިނުމަށެވެ.
ރައީސް ޑރ މުޢިއްޒު ޒުވާނުންގެ ކިބައިން މިފަދައިން އެދިވަޑައިގަނެފައިމިވަނީ މިމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ޒުވާން އަންހެންކުއްޖަކު ވެއްޓުނު ހާދިސާއާއި ގުޅިގެން، ގިނަ އަދަދެއްގެ ޒުވާނުން އިންސާފު ހޯދައިދީ، ރަނގަޅު ތަހުގީގެއް ކުރުމަށް ގޮވާލައި މުޒާހަރާކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެމުޒާހަރާގެ ތެރެއަށް އިދިކޮޅު އެމްޑީޕީންވަދެ މި ޚައްސާސް ވަގުތު ސިޔާސީ ގޮތުން ޤައުމު ހަލަބޮލި ކުުރުމަށް މަސައްކަތް ކުރަމުންދަ ދަނޑިވަޅެއްގައެވެ.
މެލޭޝިޔާއަށް ފުރައިވަޑައިގަތުމުގެ ކުރިންވެސް ރައީސް ޑރ މުޢިއްޒުވަނީ ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް އަދި މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހުވެސް އެމަނިކުފާނު ވިދާޅުވިފަދައިން އެމަނިކުފާނުގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަަމުގެ ޔަޤީންކަން ދެއްވައިފައެވެ.