Ads by Aqeeqa Maldives

ޚަބަރު

ޤުުރުއާން ހިތުދަސްކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

ޤުުރުއާން ހިތުދަސްކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

ޙަފިޡުންގެ ދަސްވެނިމުމުގެ ހަފްލާގެ ތެރެއިން. ފޮޓޯ:އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޭޕްރީލު 2025، 10:16

27 އޭޕްރީލު 2025، 10:16

ޤުރުއާން ހިތުދަސްކުރަ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު ޝަހީމް މިހެން ވިދާޅުވީ އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

ވަޒީރު ޝަހީމް ވިދާޅުވެފައިވަނީ މިވަގުތު މާލެ އާއޮ އަތޮޅުތެރޭގެ ޤުރުއާން މަރުކަޒުތަކާއި އަމިއްލަ އިންސްޓިޓިޔުޓް ތަކާއި ކްލާސްތަކުގައި 700 އަށްވުިރެ ގިނަ ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުންދާކަމަށް ލަފާކުރެވޭކަމަށެވެ. 

އަދި މިކަމަށް ޚާއްސަ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރެވެމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީޚުގައި އަލަށް ޤުރުއާން ޙިފްޡުކޮށް ނިންމި ޙާފިޡުންގެ ދަސްވެނިމުގެ ހަފްލާއެއް މިއަހަރުގެ ރަމަޟާންމަހު ވަނީ ބާއްވައިފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS