Ads by Aqeeqa Maldives

ޚަބަރު

މިދިޔަ ބުދަދުވަހު މިފްކޯއިން 5.4 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

މިދިޔަ ބުދަދުވަހު މިފްކޯއިން 5.4 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

މަސްދޯންޏެއްގައި މަސްވެރިކަން ކުރަނީ. ފޮޓޯ: ޒުވާން މަސްވެރިޔާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޭޕްރީލު 2025، 11:53

26 އޭޕްރީލު 2025، 11:53

މިދިޔަ ހަފްތާގެ ބުދަދުވަހު ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން 5.4 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނެފައިވަނީ މިދިޔަ ބުދަ ދުވަހަކީ ފަހުގެ ތާރީހެއްގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވާ ދުވަސްކަމަށެވެ. މިފްކޯއިން އާންމުކޮށްފައިވާ އެކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސް ކިރުވާފައިވަނީ މި މަހުގެ 23ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު މިފްކޯއަށް ވަނީ 56 މަސްދޯންޏަކުން 403.62 ޓަނުގެ މަސް ކިރުވާފައެވެ. އަދި އެ ދުވަހު ކިރުވާފައިވާ މަހަށް މަސްވެރިންނަށް 5.4 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މީގެ ކުރިން މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް މަސްވެރިންނަށް ފައިސާދޫކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު 30 މަސްދޯންޏަކުން މަސްކިރުވާފައިވާ މަހަށް 5.1 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މިފްކޯއަށް 254 މަސްދޯންޏަކުން މަސް ކިރުވާފައިވެއެވެ. އަދި އެ ދޯނިތަކަށް ޖުމްލަ 14.6 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޭގެކުރީ ހަފްތާއާ އަޅާބަލާއިރު 14 އިންސައްތަ އިތުރު އަދަދެކެވެ. އޭގެކުރީ ހަފްތާ މަސްވެރިންނަށް ދޫކޮށްފައިވަނީ 12.8 މިލިޔަން ރުފިޔާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންކަން ފާހަގަކޮށްލަން ޖެހެއެވެ.  

މި ލިޔުން ކިޔާލުމުން

Ads by MSS