Ads by Aqeeqa Maldives

ޚަބަރު

އިޒްރާއީލުގެ ޕާސްޕޯޓު މަނާކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ވަގުތުން ތަސްދީޤު ކުރައްވައިފި

އިޒްރާއީލުގެ ޕާސްޕޯޓު މަނާކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ވަގުތުން ތަސްދީޤު ކުރައްވައިފި

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޭޕްރީލު 2025، 01:28

15 އޭޕްރީލު 2025، 01:28

އިޒްރާއިލް ޕާސްޕޯޓު މަނާކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަގުތުން ތަސްދީޤު ކުރައްވައިފިއެވެ.

 މި ބިލަކީ، 2025 އޭޕްރިލް މަހުގެ 15 ވަނަ ދުވަހު (މިއަދު) ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ ބޭނުމަކީ އިޒްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.

ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.

 އިމިގްރޭޝަންގެ ޤާނޫނަށް ގެނައި މި އިޞްލާހަށް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ތާޢީދުކޮށްފައެވެ. އެގޮތުން މި އިޞްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އިއްތިފާޤުންނެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by MSS