Ads by Aqeeqa Maldives

ޚަބަރު

ސަޢުދީ ފަންޑުގެ ލޯނު އެހީގައި ހިންގާ ހައުސިންގް ޕްރޮޖެކްޓަކީ އުންމީދާއި ތަރައްޤީގެ ނަމޫނާއެއް: ވަޒީރު ޒަމީރު

ސަޢުދީ ފަންޑުގެ ލޯނު އެހީގައި ހިންގާ ހައުސިންގް ޕްރޮޖެކްޓަކީ އުންމީދާއި ތަރައްޤީގެ ނަމޫނާއެއް: ވަޒީރު ޒަމީރު

މާލީ ވަޒީރު މޫސާ ޒަމީރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޭޕްރީލު 2025، 02:58

14 އޭޕްރީލު 2025، 02:58

ސަޢުދީ ފަންޑުގެ ލޯނު އެހީގައި ހިންގާ ހައުސިންގް ޕްރޮޖެކްޓަކީ އުންމީދާއި ތަރައްޤީގެ ނަމޫނާއެއް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 

 “400 އެފޯޑަބަލް ހައުސިންގ ސްކީމް ޕްރޮޖެކްޓް" އިފްތިތާހުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ކުރިއަށްގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 މި ރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ސަޢުދީ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ)، ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދު އާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަލްފާޟިލް މޫސާ ޒަމީރެވެ.

ރަސްމިއްޔާތު ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން، މާލީ ވަޒީރު މޫސާ ޒަމީރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ރާއްޖޭގެ ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ޤައުމީ ތަރައްޤީގެ ޕްލޭނުގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމަނޭކަމެއް ކަމަށެވެ. 

މީގެއިތުރުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމަޢުތަކުގެ އިޖްތިމާޢީ ފޭރާން ވަރުގަދަކޮށް އަދި ރޭވުންތެރިކަމާއެކު ރައްޔިތުން ގެދޮރުވެރިކުރުވުމަށް މި ސަރުކާރުން އަމާޒުހިފާފައިވާ ކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، 400 ސޯޝަލް ހައުސިންގ ޔުނިޓު ޢިމާރާތް ކުރުމަށްވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް މި މަޝްރޫޢުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

ސަޢޫދީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އަކީ 1974 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS