Ads by Ministry of Arts, Culture and Heritage

ޚަބަރު

އެސް.އޭ.ޔޫގެ ރައީސް، ރައީސް ޑރ. މުޢިއްޒާ ބައްދަލުކުރައްވައިފި

އެސް.އޭ.ޔޫގެ ރައީސް، ރައީސް ޑރ. މުޢިއްޒާ ބައްދަލުކުރައްވައިފި

ރައީސް ޑރ މުޢިއްޒާއި އެސް.އޭޔޫގެ ރައީސް އާ ބަދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ނޮވެމްބަރު 2026، 03:00

15 ނޮވެމްބަރު 2026، 03:00

ސައުތު އޭޝިއަން ޔުނިވަރސިޓީ (އެސް.އޭ.ޔޫ) ގެ ރައީސް ޕްރޮފެސަރ ކޭ. ކޭ. އަގަރްވާލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އެސް.އޭ.ޔޫ އާ ދެމެދު މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުންނާއި، ގުޅިގެން ކުރިއަށްގެންދެވިދާނެ ތަޢުލީމީ އެކި ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މީގެ ތެރޭގައި ޚާއްޞަކޮށް ޞިއްޙީ ދާއިރާއާއި، މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާއިން ތަޢުލީމު ފޯރުކޮށްދިނުމާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެއިތުރުން، ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތަކާއި ސައުތު އޭޝިއަން ޔުނިވަރސިޓީއާ ދެމެދު އެކަޑަމިކް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450