Ads by Ministry of Arts, Culture and Heritage

ޚަބަރު

ޝާހިދުގެ އިސްތިއުނާފުގެ އަޑުއެހުން ކެންސަލްކޮށްފި

ޝާހިދުގެ އިސްތިއުނާފުގެ އަޑުއެހުން ކެންސަލްކޮށްފި

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު/ އޯއާރުއެފް

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

15 ނޮވެމްބަރު 2026، 02:24

15 ނޮވެމްބަރު 2026، 02:24

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުގައި މިއަދު ފެށުމަށް ތާވަލުކުރުމަށްފަހު ކެންސަލް ކޮށްފިއެވެ.

ޝާހިދު ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މި މަހުގެ ދެވަނަ ދުވަހުގެ ރޭގައެވެ. ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު އޭނާގެ ފަރާތުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ ގާތްގަނޑަކަށް އޭގެ ހަފްތާއެއް ފަހުންނެވެ. އޭގެ ފަހުން މި މަހުގެ ފަސް ވަނަ ދުވަހު ރޭގައި ފުލުހުން ވަނީ މާލޭގައި ޝާހިދު ދިރިއުޅުއްވާ ހ. ރަބީއީމަންޒިލްއަށް ވަދެ ބަލައި ފާސްކޮށްފައެވެ.

މި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން ކެންސަލްކޮށްފައިވާއިރު ކެންސަލްކުރި ސަބަބެއް ހައި ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. އެ ކޯޓުގެ ތާވަލުން އެނގޭ ގޮތުގައި މި އިސްތިއުނާފު ބައްލަވަނީ ފަނޑިޔާރު އިސްމާޢީލް ޝަފީޢު, ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އަދި ފަނޑިޔާރު ފާޠިމަތު ފަރްހީޒާ އެވެ.

 ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ކަމަށާއި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޝާހިދު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

މިދިޔަ ހަފްތާ ބޭއްވުނު ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު  ވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ  ޝާހިދުގެ މައްޗަށް ކުރެވިފައިވަނީ ނުހަނު ސީރިއަސް ތުހުމަތުތަކެއް ކަމަށާއި، މި މައްސަލައިގައި އެއްވެސް ސިޔާސީ މަގުސަދެއް ނެތް ކަމަށް ވިދާޅުވެފައެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން މިފަދަ ސިޔާސީ ބަދަލުހިފުންތައް ނިމުމަކަށް ގެންނަވާފައިވާ ކަމަށް ވިދާޅުވަމުން އެމަނިކުފާނު ހާމަކުރެއްވީ، މިއީ ކުޑަކުއްޖެއްގެ ހައްގުތަކާ ގުޅިފައިވާ މައްސަލައަކަށް ވުމުން، ތުހުމަތު ކުރެވޭ ފަރާތަކީ ކޮންމެ މީހަކަށް ވިޔަސް ގާނޫނުގެ ކުރިމަތީގައި ތަފާތުކުރުމެއް ނޯންނާނެ ކަމަށެވެ

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ ޢަބްދުﷲ ޝާހިދަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އަދި ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ޖުލައި 1983 ގައި އާދައިގެ މުވައްޒަފެއްގެ ގޮތުގައި ޚާރިޖީ ދާއިރާއާ ގުޅިވަޑައިގެންނެވި ޝާހިދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވައި، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ. މި ބޮޑު ތުހުމަތާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިރު، ޝާހިދު ގެންދެވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމުގެ ޓިކެޓް ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުންނެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި