Ads by Farudhun

ޚަބަރު

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ތަސްދީޤުކުރައްވައިފި

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ތަސްދީޤުކުރައްވައިފި

ޮޯމޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޯގަސްޓު 2026، 04:00

23 އޯގަސްޓު 2026، 04:00

ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމުގެ ގޮތުން، ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ 2026 އޯގަސްޓް 17 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި ފާސްކުރައްވާފައިވާ ބިލެކެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކޮށް ހިންގުމާ ގުޅޭ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމާއި، ޤައުމީ ޕޭމަންޓް ސިސްޓަމްތަކުގެ ގަވަރނަންސް އަދި މޮނިޓަރިންގ ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ.

 

އެމް.އެމް.އޭ އަށް ލިބިދޭ ބާރުތަކާއި ގެނެވުނު ބަދަލުތައް

 މި ބިލުގައިވާ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމުގައި ހިމެނޭ ވަކި ސިސްޓަމަކީ ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އަށް ވަނީ ދީފައެވެ. އަދި ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތައް މެދުވެރިވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ ޕޭމަންޓް މުޢާމަލާތްތަކުގެ ތެރެއިން އެމް.އެމް.އޭ އިން ކަނޑައަޅާ މުޢާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަންވާނީ މި ސްވިޗް މެދުވެރިކޮށެވެ.

މީގެއިތުރުން، އެމް.އެމް.އޭ އިން އަންގާ ގޮތެއްގެ މަތިން އަދި ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ހުރިހާ ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުން މި ސިސްޓަމާ ގުޅި، މުޢާމަލާތްތައް ރޫޓްކުރުން މަޖުބޫރުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ މި ޤާނޫނު ޝާއިޢުކުރައްވާފައެވެ. އަދި ގެޒެޓުގައި ޝާއިޢުކުރުމާއެކު، ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ގެނައި މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށައިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450