Ads by Farudhun

ޚަބަރު

ދިވެހި ޤައުމާ ގުޅިފައިވާ ރަނގަޅު ހުރިހާ ކަމެއް އެތުރިފައިވަނީ ދީނުގެ ޖައުހަރުގެ ވަށައިގެން: ރައީސް މުޢިއްޒު

ދިވެހި ޤައުމާ ގުޅިފައިވާ ރަނގަޅު ހުރިހާ ކަމެއް އެތުރިފައިވަނީ ދީނުގެ ޖައުހަރުގެ ވަށައިގެން: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޯގަސްޓު 2026، 01:35

15 އޯގަސްޓު 2026، 01:35

ދިވެހި ޤައުމާ ގުޅިފައިވާ ރަނގަޅު ހުރިހާ ކަމެއް އެތުރިފައިވަނީ މާތްވެގެންވާ އިސްލާމްދީނުގެ ޖައުހަރުގެ ވަށައިގެން ކަމަށާއި، އިސްލާމްދީނަކީ ދިވެހި ޤައުމުގެ ނާރެސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 ރައީސް މިއަދު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ގެނެސްދޭ މުހިންމު އަނެއް ޢިބްރަތަކީ މާތްވެގެންވާ އިސްލާމްދީނަށް ވަފާތެރިވުމުގެ ފޮނި ނަތީޖާއާއި، އިސްލާމްދީނަށް އިހާނެތިކޮށް ހިތުމުގެ ހިތިކަމާއި އޭގައި ހުރި ނިކަމެތިކަން ކަމަށެވެ.

ޝައްކެއް ނެތް. ދިވެހި ޤައުމާ ގުޅިފައިވާ ރަނގަޅު ހުރިހާ ކަމެއް، އެތުރިފައިވަނީ ދީނުގެ ޖައުހަރުގެ ވަށައިގެން. އިސްލާމްދީން އެއީ ދިވެހި ޤައުމުގެ ނާރެސް. ކީރިތި ޤުރްއާނަކީ ދިވެހި ޤައުމިއްޔަތުގެ މަދު.

ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ތާރީޚީ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ހިތްދަތިކަމުގައި އެތައް އަހަރަކު ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތްދަށުގައި އޮންނަން ޖެހުނީ އަޅުގަނޑުމެންގެ ތެރެއިން އެންމެ މީހަކު މާތްވެގެންވާ އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުން ކަމަށެވެ.

 އެ ހިސާބުން އޭނާ އާއި ދިވެހި ފަސްގަނޑާ ދެމެދު އޮތް ރޫޙާނީ ގުޅުން ކެނޑި، ވަޠަނީ ލޯތްބާއި ކުލުނުގެ އަސާސް ރޫޅިގެންދިޔަ ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދީން ދޫކޮށްލާ ހިސާބުން އެ ޚިޔާނާތްތެރިވެވުނީ ހަމައެކަނި ދީނަކަށް ނޫން ކަމަށާއި، އެއީ ދިވެހި ޤައުމަށާއި، ދިވެހި ދައުލަތަށާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލުގެ އިތުރުން މުޅި ދިވެހި ތާރީޚަށް ވެސް ވެވުނު ޚިޔާނާތެއް ކަމަށް ވިދާޅުވިއެވެ.

އުތީމު ތިންބެއިން ކުރެއްވި ޖިހާދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އުތީމު މަހާރަދުން ޖިހާދުކުރެއްވީ ދީނަށްޓަކައި ކަމަށެވެ.

މި ލޮބުވެތި އުތީމު ފަސްގަނޑުގައި އެހެރަ ކަނދުވަލު މިސްކިތުގައި އުތީމު ތިންބޭން ހަނގުރާމައިގެ ދިދަބެންނެވީ މާތްވެގެންވާ އިސްލާމްދީނަށް ޓަކާ. ހަނގުރާމައިން ޙާޞިލުކުރައްވަން ބޭނުންފުޅުވާ އަމާޒު އެ ބޭފުޅުން ކަނޑައެޅުއްވި ގޮތް އަޅުގަނޑުމެން ހަނދާން އެބަ ހުރި. އެއީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ރާއްޖޭގެ ސަލާމަތަށް ޓަކައި ނަޞްރު ލިބިވަޑައިގަންނަވަންދެން ޖިހާދުކުރެއްވުން. ނޫނީ ޝަހީދުވެގެން ފުރިހަމަ މުސްލިމެއްގެ ގޮތުގައި ﷲގެ ރަޙްމަތަށް ވާޞިލުވުން  

ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

 މީގެއިން ވެސް ޤައުމީ ދުވަހުގެ ހާދިސާ އާއި އިސްލާމްދީނާ އޮތް ގުޅުން ފުރިހަމައަށް ހާމަވާ ކަމަށާއި، އިސްލާމްދީނާ ބީރައްޓެހި ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަން ނުރައްކަލުގެ ތުންފަތްމައްޗަށް ހުށަހެޅިގެންދާ ކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އިސްލާމްދީން ހިމާޔަތް ކުރެވޭނެ ނިޒާމެއް ޤައުމުގައި ފުރިހަމައަށް ޤާއިމްވެފައި އޮންނަންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ވާގޮތުން ރާއްޖޭގައި އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށާއި، ހެދޭ އެންމެހައި ޤާނޫނުތަކާއި އުޞޫލުތަކާއި ޤަވާޢިދުތައް ހުންނަންވާނީ އިސްލާމްދީނުގެ އިންތަކުގެ ތެރޭގައި ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450