Ads by Farudhun

ޚަބަރު

10 ރަށެއްގައި އެގްރޮފޮރެސްޓްރީ ދަނޑުތަކެއް ގާއިމްކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

10 ރަށެއްގައި އެގްރޮފޮރެސްޓްރީ ދަނޑުތަކެއް ގާއިމްކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

10 ރަށެއްގައި އެގްރޮފޮރެސްޓްރީ ދަނޑުތަކެއް ގާއިމްކުރުމަށް ފަހުމުނާމާއެއްގައި ސޮއިކުރުން. ފޮޓޯ: ތިމާވެއްޓާ ބެހޭ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޯގަސްޓު 2026، 04:25

02 އޯގަސްޓު 2026، 04:25

ރާއްޖޭގެ 10 ރަށެއްގައި އެގްރޮފޮރެސްޓްރީ ދަނޑުތަކެއް ގާއިމްކުރުމާ ގުޅޭ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ރާއްޖޭގައި ކާނާގެ ޔަގީންކަން ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު މުހިންމު ފިޔަވަޅެކެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ވިދާޅުވި ގޮތުގައި، މި މަޝްރޫއަކީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން 10 ރަށެއްގައި އެގްރޮފޮރެސްޓްރީ ދަނޑުތައް ގާއިމްކުރުމަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ "ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގެ ބައެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި، ގަސްގަހާގެހި ގިނަކޮށް ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމެވެ.

ރައީސް ޑރ. މުއިއްޒުގެ މި ވައުދުފުޅު ފުއްދުމަށްޓަކައި ސަރުކާރުގެ އެކި އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް އަންނަނީ ބޮޑު އެއްބާރުލުމެއް ދެމުންނެވެ. މިހާރުވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ގަސް އިންދުމުގެ ހަރަކާތްތައް ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

މި އެގްރޮފޮރެސްޓްރީ ދަނޑުތަކުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް އާ ދިރުމެއް ލިބި، ރަށްރަށުގައި ކާނާގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450