Ads by Farudhun

ޚަބަރު

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރައީސް އޮފީސް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 ޖުލައި 2026، 10:51

31 ޖުލައި 2026، 10:51

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ އެ ކޮމިޝަނުގެ މިހާރުގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ދައުރު ހަމަވާތީ، އެ މަޤާމަށް އައު މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރަންޖެހޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މެންބަރުކަމަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ 10 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަކީ ރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ. މި ކޮމިޝަނަށް މެންބަރުން ޢައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ފަރާތްތަކެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450