Ads by Farudhun

ޚަބަރު

އއ. ފެރިދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

އއ. ފެރިދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

އއ.ފެރިދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ޖޫން 2026، 07:28

28 ޖޫން 2026، 07:28

އއ. ފެރިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބާރު ދުވެލީގައި ކުރިއަށް ގެންދާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މިހާރު ސައިޓުގައި ކުރިއަށްދަނީ ބޭސްމަންޓް ބެކްފިލް ކުރުމާއި، ތަނބުތަކުގެ ރީއިންފޯސްމަންޓް އަދި ޝަޓަރިންގެ މަސައްކަތްތަކެވެ. މީގެ ތެރޭގައި އިމާރާތުގެ ބިންގާ ވަރުގަދަކުރުމަށްޓަކައި ވެލި އެޅުމާއި، ތަނބުތަކަށް ބޭނުންވާ ދަގަނޑު އެޅުމުގެ އިތުރުން ކޮންކްރީޓް އެޅުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ޝަޓަރިން މަސައްކަތްތައް ހިމެނެއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޖުމްލަ 7,050,506.92 ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ފެރިދޫ ސިއްހީ މަރުކަޒަށް ބޭނުންވާ އާ އެކްސްޓެންޝަން އިމާރާތެއް ބިނާކުރެވިގެންދާނެއެވެ.

މި މަޝްރޫއު ނިމުމުން ފެރިދޫގެ ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި ހިދުމަތް ދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450