ޚަބަރު
އެމްޑީޕީގެ ލީޑަރޝިޕް ދަނީ އުފެއްދި މަޤްސަދާ ޚިލާފަށް: އެމްޕީ އިބްރާހިމް
މެމްބަރު އިބްރާހިމް މުޙައްމަދު. ފޮޓޯ: މަޖިލިސް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑަރޝިޕުން އަމަލުކުރަމުންދަނީ އެ ޕާޓީ އުފެއްދި އަސްލު މަޤްސަދާ ބޮޑުތަނުން ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމްޕީ އިބްރާހިމް މިހެން ވިދާޅުވީ އެމްޑީޕީއަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓެއް ރީޕޯސްޓް ކުރައްވަމުންނެވެ. އިބްރާހިމް މުޙައްމަދަކީ އެމްޑީޕީ ރަޖިސްޓްރީ ކުރުމަށްޓަކައި މަރުޙޫމް ގޯގޯ ލަތީފާއެކު ސްްރީލަންކާއަށް ވަޑައިގެންނެވި ބޭފުޅެކެވެ.
المرحوم ގޯގޯލަތީފާއެކު އެމްޑީޕީ ރަޖިސްޓްރީކުރަން ލަންކާއަށް ދިޔަ ބައިވެރިއެއްގެ ޙައިސިއްޔަތުން ދޭން އޮތް ނަސޭޙަތަކީ ޕާޓީގެ ލީޑަރޝިޕް ބޮޑުތަނުން އުފެއްދި މަޤްސަދާ ޚިލާފަށް ފާއިތުވީ ތަނުގައި ޢަަމަލު ކުރިއޭ އަދި މިހާރުވެސް މިސްރާބު ހުރީ ހަމަ އެހެންނޭ މިކަން ރަނގަޅުކޮށްދެއްވަވާށޭ https://t.co/4iQ8ejEvYN
— Ibrahim Muhammad (@ibrahimjanab) June 26, 2026
އެމްޑީޕީ އުފެއްދުމުގައި އަމަލީގޮތުން ބައިވެރިވި ބޭފުޅެއްގެ ހައިސިއްޔަތުން ނަސޭޙަތެއް ދެއްވަމުން އިބްރާހިމް ވިދާޅުވީ، ޕާޓީގެ ލީޑަރޝިޕް ބޮޑުތަނުން އުފެއްދި މަޤްސަދާ ޚިލާފަށް ފާއިތުވީ ތަނުގައި ޢަމަލު ކޮށްފައިވާކަމަށާއި، އަދި މިހާރުވެސް މިސްރާބު ހުރީ ހަމަ އެހެންކަމަށެވެ. އަދި މިކަންކަން ރަނގަޅު ކޮށްދެއްވުމަށްވެސް އޭނާ ވަނީ ލީޑަރޝިޕަށް ގޮވާލައްވާފައެވެ.
އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ތަހުނިޔާ ފޮނުވަމުންދާއިރު، ޕާޓީގެ މިސްރާބާ މެދު އުފެދިފައިވާ މިފަދަ ކަންބޮޑުވުންތަކަކީ ޕާޓީގެ އެތެރޭގެ މަޝްވަރާތަކަށް މުހިންމު ކަންތައްތަކެއްގެ ގޮތުގައި ބެލެވެއެވެ.