Ads by Farudhun

ޚަބަރު

އެމްޑީޕީ އިން ޤައުމު ހަލަބޮލި ކުރަންއުޅޭ ސަބަބުތައް އެމްޕީ އިބްރާހިމް ކިޔާދެއްވައިފި

އެމްޑީޕީ އިން ޤައުމު ހަލަބޮލި ކުރަންއުޅޭ ސަބަބުތައް އެމްޕީ އިބްރާހިމް ކިޔާދެއްވައިފި

އެމްޕީ އިބްރާހިމް މުޙައްމަދު. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2026، 06:10

19 ޖޫން 2026، 06:10

އިދިކޮޅު އެމްޑީޕީން މުޒާހަރާކޮށް ގައުމު ހަލަބޮލިކުރަން މަސައްކަތް ކުރަމުންދަނީ މި ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެމްބަރު އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވިފައިވުމާއި، އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަނިތައް މި ސަރުކާރުން ދައްކަމުންދާތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް، މަސްވެރިންނަށް ނުދީ ހުރި 250 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ މި ސަރުކާރުން ދައްކާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މެމްބަރު އިބްރާހިމް ވިދާޅުވި ގޮތުގައި، އެމްޑީޕީ ސަރުކާރަށް ނުނިމި ހުރި މަޝްރޫއުތައް ބާރު ސްޕީޑުގައި ނިންމަމުންދިއުމާއި، އަރަބިއްޔާ ސްކޫލަށް އައު އިމާރާތެއް ހޯދައިދިނުން ފަދަ ކަންކަމަކީ އިދިކޮޅު ފަރާތްތަކަށް ހަޖަމުކުރަން އުނދަގޫ ކަންކަމެވެ. އަދި ކަނޑުފަޅުން ދޫކޮށްފައިވާ ބިންތައް ހިއްކައި ރައްޔިތުންނާ ހަވާލުކުރުމާއި، ބޯހިޔާވަހިކަމުގެ އައު މަޝްރޫއުތައް ފެށުމަކީވެސް ގައުމު ހަލަބޮލިކުރަން އުޅޭ ސަބަބުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ޒުވާނުންނަކީ މަސައްކަތްތެރި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީވެސް ގައުމުގެ ހަމަޖެހުން ނަގާލަން އެމްޑީޕީން މަސައްކަތް ކުރާ ސަބަބުތަކެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450