Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރުމަތް ކެނޑުމަކީ ޑިމޮކްރަސީއެއް ނޫން: ޝަކީލް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރުމަތް ކެނޑުމަކީ ޑިމޮކްރަސީއެއް ނޫން: ޝަކީލް

ޙައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލް. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 މޭ 2026، 08:10

11 މޭ 2026، 08:10

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރުމަތް ކެނޑުމަކީ ޑިމޮކްރަސީއެއް ނޫން ކަމަށާއި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދެވެންޖެހޭނެ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން 'އަދަދު' ނޫހުގެ ނޫސްވެރިޔަކު އަމަލުކުރި ގޮތާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝަކީލް ވިދާޅުވީ ނޫސްވެރިކަމުގެ ފާހުގެ ނިވަލުގައި ތިބެ، ދައުލަތުގެ އެންމެ މަތީ އެއް އިދާރާގެ ތެރެއަށް ވަދެ ސިޔާސީ އެކްޓިވިސްޓުން އުޅޭ ގޮތަށް އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޝަކީލް އިތުރަށް ވިދާޅުވީ، ޝަރުއީ ކޯޓުތަކުގެ އަމުރަށް ގޮންޖަހައި، ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް އަރައިގަތުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީންނާއި އިސްލާމީ ޝަރީއާއިންވެސް އެއްވެސް ބަޔަކަށް ލިބިދީފައިވާ ހައްގެއް ނޫން ކަމަށެވެ. "މިއަދު ޝަރުއީ ކޯޓުތަކުގެ އަމުރަށް ގޮން ޖަހައި ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް އަރައިގަނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރުމަތް ކެނޑުމަކީ ޑީމޮކްރެސީއެއް ނޫން،" ޝަކީލް ވިދާޅުވިއެވެ.

ގައުމުގެ ވީދިފައިވާ އިޖުތިމާއީ ފޭރާން އިއާދަކުރުމަށްޓަކައި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރެވެންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ޝަކީލް ވަނީ މިފަދަ މީހުންނަށް ގާނޫނީ ގޮތުން ދޭންޖެހޭ ހައްގު އަދަބު ދިނުމަށް ގޮވާލައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450