ޚަބަރު
އޭދަފުށީ ވެށި ފަންނު ހުޅުވައިފި
އޭދަފުށީ ވެށި ފަންނު ހުޅުވުން. ފޮޓޯ: އެމްޓީސީސީ
ބ. އޭދަފުށީ ފަތާ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއު ނިންމައި، "ވެށި ފަންނު" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ސަރަހައްދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ބ. އޭދަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަހުމަދު ސަލީމެވެ.
މި މަޝްރޫއަކީ އޭދަފުށީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، މުނިފޫހިފިލުވުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ބ. އޭދަފުށީ ކައުންސިލުން އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެކެވެ.
A ceremony was held today to mark the completion of B. Eydhafushi Swimming Area Development Project.
— MTCC Plc (@MTCCPlc) May 10, 2026
The MP of the B. Eydhafushi Constituency, Hon. Ahmed Saleem officially inaugurated the new swimming area.
This landmark project was contracted to us by the B. Eydhadushi Council… pic.twitter.com/Lsz2Bmd5bN
ވެށި ފަންނު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބ. އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހާއި، ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމް.ޓީ.ސީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޖަމްޝީދާއި އެ ކުންފުނީގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި އާ ފަތާ ސަރަހައްދަކީ ރަށުގެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރިލައި، ވަގުތު ހޭދަކޮށްލުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.