Ads by PNC

ޚަބަރު

ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން އެމްޓީސީސީއިން މާދަމާ ވޯކް އިން އިންޓަވިއުއެއް ބާއްވަނީ

ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން އެމްޓީސީސީއިން މާދަމާ ވޯކް އިން އިންޓަވިއުއެއް ބާއްވަނީ

އެމްޓީސީސީ އިން ބޭއްވި ވޯކް އިން އިންޓަވިއުއެއްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 މާރިޗު 2026، 12:05

22 މާރިޗު 2026، 12:05

ޓެކްސީލައިނަށް ޑްރައިވަރުން ހޯދުމަށް ވޯކް އިން އިންޓަވިއު އެއް ބޭއްވުމަށް އެމްޓީސީސީ އިން ނިންމައިފިއެވެ.

ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ މިދިޔަ ޖަނަވަރީ މަހުވެސް ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށް ގެންގޮސްފައެވެ.

އެމްޓީސީސީއިން ބުނެފައިވަނީ ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް މާދަމާ ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށްގެންދާނެކަމަށާއި އެ އިންޓަވިއު ކުރިއަށް ގެންދާނީ މާދަމާ ހެނދުނު 10:00އިން ހަވީރު 16:00އާ ހަމައަށެވެ. އިންޓަވިއު ކުރިއަށްދާނީ މާފަންނު ބަސްޓާމިނަލްގައިކަމަށެވެ.

މިދިޔަ ޖަނަވަރީ މަހު ކުރިއަށްގެންދިޔަ ވޯކް-އިން-އިންޓަރވިއުގައި 250އަށް ވުރެއް ގިނަ މީހުން ބައިވެރިވެފައިވެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ޓެކްސީލައިންގެ ޚިދުމަތް ކުރިއަށް ގެންދިޔުމަށް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީއިން ވަނީ ޓެކްސީލައިންގެ ޚިދުމަތުގައި ޕާޓްޓައިމްކޮށް އަދި ފުލްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދުމަށް  އިއުލާން އިޢުލާންކޮށްފައެވެ.

ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށްޓަކައި މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން މި ޚިދުމަތުގައި ބޭނުން ކުރާ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ޗާޖް ކުރުމަށް ޚާއްސަ އީވީ ސްޓޭޝަންތައް މިހާރުވަނީ ތައްޔާރުކޮށްފައެވެ.

ސަރުކާރުން ޓެކްސީލައިނެއް ތަޢާރަފުކުރަން ނިންމީ، ޓެކްސީ ހޯދުމުގައި ޢާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ބަރޯސާވެވޭ ލުއިފަސޭހަ ޚިދުމަތަކަށް ޚިދުމަތް ހެދުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުގެ ޓެކްސީ ލައިންގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ، މިކަމަށް ޚާއްޞަ އެޕްލިކޭޝަނެއް ޤާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާއާއި ގްރޭބް ފަދަ ޚިދުމަތްތަކުގެ ސްޓައިލަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450