Ads by PNC

ޚަބަރު

ގއ. ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ތަރައްޤީކުރުމަށް ސޮލެކްސްއާ ޙަވާލުކޮށްފި

ގއ. ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ތަރައްޤީކުރުމަށް ސޮލެކްސްއާ ޙަވާލުކޮށްފި

ގއ. ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ތަރައްޤީކުރުމަށް ސޮލެކްސްއާ ޙަވާލުކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 މާރިޗު 2026، 04:19

21 މާރިޗު 2026، 04:19

ގއ. ވިލިނގިލީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް ތަރައްޤީކުރުމުގެ މަސައްކަތް ސޮލެކްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.

މި މަޝްރޫޢަކީ މުޅި ރާއްޖެއަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ވިލިނގިލީގައި ޔުނިވަރސިޓީގެ ކެމްޕަސް އިމާރާތް ކުރުމުގެ އިތުރުން، ދަރިވަރުން ތިބުމަށް ޚާއްޞަ އެކަމަޑޭޝަން ބްލޮކެއް ވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދަރިވަރުންނަށް އެ ރަށެއްގައި ތިބެގެން ފަސޭހަކަމާއެކު ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެވޭ މަސައްކަތެކެވެ.

ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިހާރުވެސް ފަށާފައިވާއިރު، މި ތަންތަން ފަރުމާކޮށްފައިވަނީ ޒަމާނީ ކްލާސްރޫމްތަކާއި ދަރިވަރުންގެ އެކަމަޑޭޝަން ބްލޮކްތައް ހިމެނޭ ގޮތަށެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ މަތީ ތަޢުލީމު ހާސިލުކުރުމަށް މާލެއަށް ބަރޯސާވާންޖެހޭ ޖެހުން ނިމުމަކަށް ގެނައުމެވެ. ކުރިން އަތޮޅުތަކުގައި އެމްއެންޔޫގެ އެންމެ 4 ކެމްޕަސް ހުރި ނަމަވެސް، މިހާރު އެމްއެންޔޫގެ 26 މަޝްރޫޢަކާއި އައިޔޫއެމްގެ 12 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން އުންމީދު ކުރަނީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މިފަދަ ގިނަ ތަންތަން ނިމި، އަތޮޅުތަކުގައި ތަޢުލީމީ ފުރުޞަތުތައް ފުޅާވެގެންދިއުމެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ބޭރު ބަސްތައް ދަސްކޮށްދިނުމަށްޓަކައި ރާއްޖޭގެ ތިން ސަރަޙައްދެއްގައި ލޭންގުއޭޖް ސްކޫލްތައް ޤާއިމްކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މި ސްކޫލްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީ، އައްޑޫ ސިޓީ އަދި ލ. ފޮނަދޫގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450