Ads by Stelco

ޚަބަރު

ތޮއްޑޫގައި މާދަމާ ސީޕްލޭންގެ ޚިދުމަތް ފަށަނީ

ތޮއްޑޫގައި މާދަމާ ސީޕްލޭންގެ ޚިދުމަތް ފަށަނީ

މޯލްޑިވިއަންގެ ސީޕްލޭނެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ފެބްރުއަރީ 2026، 10:09

11 ފެބްރުއަރީ 2026، 10:09

އއ. ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް ޤައުމީ އެއާލައިން، މޯލްޑިވިއަނުން ހުރިހާ ތައްޔާރީތަކެއްވެ ނިމިއްޖެއެވެ. މި މަހުގެ 12 ވަނަ ދުވަހު މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ އެ ރަށުގެ ދަތުރުފަތުރުގެ ނިޒާމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވާ ތާރީޚުތަކަށް، އަދި ވިދާޅުވާ ރަށްރަށަށް މޯލްޑިވިއަނުން ސީޕްލޭންގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން އެންމެ ފަހުން މި ޚިދުމަތް ފަށާފައިވަނީ ނ. ވެލިދޫގައެވެ.

ސަލީމް އިތުރަށް ވިދާޅުވީ، "މި މަހުގެ 12 ގައި ތޮއްޑޫއަށްވެސް ޚިދުމަތް އެބަ ފަށަން. އެކަމަށްވެސް ބޭނުންވާ ހުރިހައި ތައްޔާރީތަކެއް ވެފައިއޮތީ. އެހެންވީމަ ތޮއްޑޫގެ ޚިދުމަތްވެސް ވަރަށް އަވަހަށް ފެނިގެންދާނެ،" ކަމަށެވެ. ތޮއްޑޫއަށް ކުރާ މި ދަތުރުތައް ހަފްތާއަކު ދެ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ރައްޔިތުން ދަނީ ދަތުރުފަތުރުގެ ފަސޭހަކަމަށްޓަކައި ސީޕްލޭންގެ ޚިދުމަތަށް އެދެމުންނެވެ. ތޮއްޑޫއަށް މި ފެށޭ ޚިދުމަތުގެ ސަބަބުން އެ ރަށުގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، މިހާރު ހުރި ބޯޓުތަކުގެ އެހީގައި ރިސޯޓްތަކަށްވެސް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ބޯޓުތައް ހޯދައި، ޚިދުމަތް އިތުރަށް ފުޅާކުރުމަށް އެ ކުންފުނިން ދަނީ ރާވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450