Ads by Stelco

ޚަބަރު

އެމްއޭސީއެލް އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ޚާއްސަކޮށްގެން "ވެލާނާ އެވޯޑްސް" ތަޢާރަފުކޮށްފި

އެމްއޭސީއެލް އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ޚާއްސަކޮށްގެން "ވެލާނާ އެވޯޑްސް" ތަޢާރަފުކޮށްފި

ވެލާނާ އެއަރޕޯޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ފެބްރުއަރީ 2026، 04:34

08 ފެބްރުއަރީ 2026، 04:34

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ޚާއްސަކޮށްގެން "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ތަޢާރަފުކޮށްފިއެވެ.

 މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދިނުމަށް ނިންމާފައިވާ އެވޯޑެކެވެ.

މި އެވޯޑް ތަޢާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމެވެ. މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެމްއޭސީއެލް އިން ފާހަގަކުރެއެވެ.

އެވޯޑް ދެވޭ ދާއިރާތަކާއި ކެޓަގަރީތައް
މި އަހަރުގެ އެވޯޑުގައި ތިން ދާއިރާއަކުން ޖުމްލަ 22 އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެވޯޑް ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ ފަސެންޖާ އެވޯޑްސް، ކާގޯ އެވޯޑްސް އަދި ލައުންޖް އެވޯޑްސްއެވެ. މީގެ އިތުރުން، މުޅި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ އެއާލައިން ހޮވައި، އެ ފަރާތަކަށް ޚާއްސަ އެވޯޑެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އެމްއޭސީއެލް އިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އަހަރުގެ "ވެލާނާ އެވޯޑްސް" ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވާ އަންގާރަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މި ހަފުލާގައި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ގިނަ ފަރާތްތަކަކުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450