ޚަބަރު
ރައީސްގެ ސްޕެޝަލް އެންވޯއީގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ވަޙީދު މަޤާމުން އިސްތިއުފާ ދެއްވައިފި
ރައީސް މުޢިއްޒު އަދި ކުރީގެ ރައީސް ވަޙީދު
ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މިއަދު އެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ވަޙީދު މަޤާމުން އިސްތިޢުފާ ދެއްވިކަން އަންގައި، އެމަނިކުފާނުގެ އިސްތިޢުފާގެ ސިޓީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ.
ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންއަކީ މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް އެމަނިކުފާނު މަޤާމުން އިސްތިޢުފާ ދެއްވި ސަބަބެއް އަދި މިހާތަނަށް ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.
ހުސޭނުބެ
03/02/2026 16:57
ސަބަބު އެންމެނަށްވެސް އެގެއެވެ. މިކަން މުވަރަކުން ނުނިމެއެވެ. ތަހުގީގުކޮށް އަދަބުވެސް ދޭންޖެހެއެވެ. ތާރީޚަށްޓަކައެވެ. ވެރިކަމަށް އައިގޮތާއި ވެރިކަމުގައި ކުރިކަންތައް ލިޔެވިފައި ހުންނަންޖެހެއެވެ.