Ads by Stelco

ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަސައްކަތް ކުރުމަށް ދިވެހިރާއްޖެއާއި އޯޕެކް ފަންޑާ ދެމެދު އާ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަސައްކަތް ކުރުމަށް ދިވެހިރާއްޖެއާއި އޯޕެކް ފަންޑާ ދެމެދު އާ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި އޯޕެކް ފަންޑާ ދެމެދު އާ އެއްބަސްވުމެއްގައި ސޮއިކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ޖެނުއަރީ 2026، 09:50

20 ޖެނުއަރީ 2026، 09:50

މޫސުމީ ބަދަލުތަކަށް ތައްޔާރުވުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަސައްކަތް ކުރުމަށް ދިވެހިރާއްޖެއާއި އޯޕެކް ފަންޑާ ދެމެދު އާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮސްޓްރިއާގެ ވިއޭނާގައި ހުންނަ އޯޕެކް ފަންޑުގެ މައި މަރުކަޒަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ފްރޭމްވޯކަކީ އޯޕެކް ފަންޑުން ދޭ މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖޭގެ ޤައުމީ ތަރައްޤީގެ ސިޔާސަތުތަކާ އެއްގޮތަށް ބައްޓަންކުރުމަށް އެކުލަވައިލެވުނު އޮނިގަނޑެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ އަތޮޅުތަކުގެ އުމްރާނީ ތަރައްޤީ ފުޅާކޮށް، ސަރަޙައްދީ ތަރައްޤީގެ ހަމަހަމަކަން ޤާއިމުކުރުމާއި ދިގު މުއްދަތުގެ އިޤްތިޞާދީ ކުރިއެރުން ކަށަވަރުކުރުން ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީއާއި، އިއާދަކުރަނިވި ހަކަތައާއި، މާލީ ދާއިރާގެ ހަމަޖެހުމުގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ޚާއްޞަ އިސްކަމެއް ދެވޭނެއެވެ. ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މިއީ އޯޕެކް ފަންޑާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ވަޒީރު ޒަމީރު ވިދާޅުވީ، "މި އައު ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވޯކުން ހާމަވެގެންދަނީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ، ދެމެހެއްޓެނިވި އުމްރާނީ ވަޞީލަތްތަކެއް ޤާއިމުކުރުމަށާއި، ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން،" ކަމަށެވެ. އަދި މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ޤައުމުގެ ވިލުންވެރިކަން އިތުރުވެ، އިޤްތިޞާދީ ޙަރަކާތްތައް ފުޅާވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުންތަކުގައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތާއި، މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އޯޕެކް ފަންޑުން ވަނީ އެ ފަންޑުގެ ސިޑްސް އިނީޝިއޭޓިވް އަދި ގްރީން-ބްލޫ ކަނެކްޓް ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދީފައެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިއަދު ސޮއިކުރެވުނު އާ އޮނިގަނޑުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އޯޕެކް ފަންޑާއެކު ކުރެވޭ މަސައްކަތްތަކަށް މަގުދައްކައިދީ، ގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ ހަރުދަނާ، ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް މުހިންމު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450