Ads by Stelco

ޚަބަރު

ދެބެއިންގެ މެދުގައި ދެބަސްވުމެއް ހިނގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

ދެބެއިންގެ މެދުގައި ދެބަސްވުމެއް ހިނގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

ހިޔާ ޓަވަރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޑިސެމްބަރު 2025، 07:57

21 ޑިސެމްބަރު 2025، 07:57

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ތެރޭގައި ދެބެއިންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

 މި ހާދިސާގައި ޒަޚަމްވި މީހާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވިގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 8ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައެވެ. އެ އެޕާޓްމަންޓުގައި އަޑުގަދަކުރާ ކަމަށް މިއަދު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުން އެތަނަށް ގޮސް ބެލިއިރު، ދެބެއިންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން ވަނީ އެނގިފައެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހާދިސާގައި ޒަހަމްވި މީހާއަށް ލިބިފައިވާ އަނިޔާގެ ބޮޑުކަން ހޮސްޕިޓަލުން ފުލުހުންނަށް ވަނީ ހިއްސާކޮށްފައެވެ. ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި، ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފަލަމަސްގަޑު ފުންކޮށް ކަފައިގެންގޮސް، މައި ނާރު ވަނީ ބުރިވެފައެވެ. މިއީ ނުރައްކާތެރި އަނިޔާއެކެވެ.

އަނިޔާ ލިބުނު މީހާއަށް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450