Ads by Stelco

ޚަބަރު

މި ހަފުތާގައި އެފްޑީސީގެ ހުރިހާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި

މި ހަފުތާގައި އެފްޑީސީގެ ހުރިހާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި

ފަހި ފްލެޓްްތައް. ފޮޓޯ: ޓީއެމްޖޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޑިސެމްބަރު 2025، 06:42

21 ޑިސެމްބަރު 2025، 06:42

ހުޅުމާލެ ދެވަނަ ފިޔަފަހީގައި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިން ރާވާފައިވާ ތާރީޚަށްވުރެ ކުރިން ފެށުމަށް އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.

އެފްޑީސީން ބުނެފައިވަނީ މި ހަފުތާގައި ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށާނެ ކަމަށާއި، މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ދައުލަތުގެ މީޑީއާ އާ ވާހަކަދައްކަވަމުން ވިދާޅުވީ، 'އަމާން އުދަރެސް' އަދި 'އަމާން ދޯދި'ގެ ހުރިހާ ފްލެޓެއްގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ނުނިމި ހުރީ އެމްޑަބްލިއުއެސްސީން މަގުތަކުގައި ކުރަންޖެހޭ މަސައްކަތެއް ކަމަށްވުމާއެކު، ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިން ރާވާފައިވާ ތާރީޚަށްވުރެ ކުރިން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ. ފްލެޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރާނެ އައު ތާރީޚުތައް ފަހި ފޯޓަލް މެދުވެރިކޮށް މިރެއިން ފެށިގެން އަންގަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އުއްމީދަކީ އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ހުރިހާ ފްލެޓެއްގެ ތަޅުދަނޑި ހަވާލުކޮށް ނިމުން ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

ފްލެޓް ލިބިފައިވާ ފަރާތްތަކަށް ޑައުންޕޭމަންޓް ދެއްކުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ތަޅުދަނޑި ހަވާލުކުރަނީ ޑައުންޕޭމަންޓް ދައްކައި ނިމުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މި ފްލެޓުތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ކުޑަކޮށްދެއްވާފައެވެ. އެގޮތުން، 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 8،500 ރުފިޔާ އަދި މަހު ކުލީގެ ގޮތުގައި 10،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ޑައުންޕޭމަންޓަށް 6،000 ރުފިޔާ އަދި މަހު ކުލީގެ ގޮތުގައި 7،000 ރުފިޔާ ދައްކަންޖެހޭ ގޮތަށް ވަނީ އަގުތައް ކުޑަކޮށްދެއްވާފައެވެ.

އަގުތަކަށް ގެނައި މި ބަދަލުތަކާ ގުޅިގެން، ކުރީގެ އަގުތަކާ އެއްގޮތަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ ފްލެޓެއްގެ ޑައުންޕޭމަންޓަށްވާ އަދަދު ކެނޑުމަށްފަހު ބާކީވާ ފައިސާ މަހު ކުލިން އުނިކުރުމަށް ވަނީ ނިންމާފައެވެ. އަދި ސަރުކާރުން ނިންމާފައިވާ ގޮތުގައި ތަޅުދަނޑި ހަވާލުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަސް ވަންދެން ފްލެޓްތަކަށް ކުލި ދައްކާކަށް ނުޖެހެއެވެ. ނަމަވެސް އެ މުއްދަތުގައި ފްލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450