Ads by Stelco

ޚަބަރު

ކުނިމެނޭޖް ކުރުމުގެ ނިޒާމް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމުގެ މަޝްވަރާތަކަށް ކޮންފަރެންސެއް ބާއްވަނީ

ކުނިމެނޭޖް ކުރުމުގެ ނިޒާމް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމުގެ މަޝްވަރާތަކަށް ކޮންފަރެންސެއް ބާއްވަނީ

ކޮންފަރެންސް އިފްތިތާޙް ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ނޮވެމްބަރު 2025، 10:52

22 ނޮވެމްބަރު 2025، 10:52

ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި މާހައުލެއް ބިނާކުރުމަށް އަމާޒުކޮށްގެން ބާއްވާ "މަގޭ ސާފު ރާއްޖެ ޤައުމީ ކޮންފަރެންސް 2025" ލ. ގަމުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. 

މި މުހިންމު ކޮންފަރެންސް އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، މި ދާއިރާގައި ކުރިއެރުންތައް ހޯދުމަށް މަޝްވަރާކުރުން ކަމަށެވެ.

 ބައިވެރިންގެ މެދުގައި ހިޔާލު ބަދަލުކޮށް، އެކުލަވާލެވޭ ރޭވުންތަކުގެ ތެރެއިން، ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމަށް ވަނީ އަމާޒުކޮށްފައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ކޮންފަރެންސަކީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ އެންމެ މުހިންމު ބައެއް ކަމަށެވެ. ލ. ގަމުގައި ބާއްވާ މި ކޮންފަރެންސްގައި ސަރުކާރުގެ އިސްވެރިންނާއި، ކުނި މެނޭޖްކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވާނެއެވެ.

ބައިވެރިންގެ މަޝްވަރާތަކުގެ ތެރެއިން ކުނި މެނޭޖްކުރުމުގެ ރޭވުންތައް ވަރުގަދަކޮށް، ދެމެހެއްޓެނިވި ރާއްޖެއަކަށް ކުރިއެރުން ހޯދުމަށް މަސައްކަތްކުރާނެއެވެ. ވުޒާރާއިން ހާމަކުރައްވާ ގޮތުގައި، މި ކޮންފަރެންސްއަކީ ރާއްޖޭގެ މުސްތަޤުބަލަށްޓަކައި ސާފުތާހިރުކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން